އަންނަ ހަފްތާގައި ދާއިރާގެ ކުރިމަގާމެދު ގޮތެއް ނިންމުމުގެ ފުރުސަތު ލިބޭނެ: ޤާދިރު

ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ނިލަންދޫ
ދާއިރާއާއިމެދު ގޮތެއް ނިންމުމަށް އެ ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ފުރުސަތު ލިބިގެންދާނެކަމަށް ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ ފ.އަތޮޅު ކައުންސިލްގެ
ނައިބު ރައީސް ޢަބުދުލް ޤާދިރު މުޙަންމަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން
ހާމަކުރައްވާފައިވަނީ ފޭސްބުކް ނިލަންދޫ ގްރޫޕްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
އޭނާ އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި އެމްޑީޕީއަށް
ވަފާތެރި ކެންޑިޑޭޓެއް ނުކުންނާނެކަމަށާއި ކުރިޔަށް އޮތް އިންތިޚާބުގެ ކުރިން
އެއަރޕޯޓް ހެދުމާއި މަގުހެދުން ފަށަން ބޭނުންނަމަ އެމްޑީޕީއަށް ވަފާތެރި ކެންޑިޑޭޓަށް
ތާއީދުކުރުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، ޢަބުދުލް މުޙްސިން ޙަމީދުއާއި
އިސްމާޢީލް ޢަލީއަކީ ސަރުކާރުން ތާއީދުކުރާ ކެންޑިޑޭޓުންތަކެއް ނޫންކަމަށްވެސް އެ
ޕޯސްޓްގައި ބުނެފައިވެއެވެ. ޤާދިރު މިގޮތަށް ފާހަގަކުރައްވާފައިވީނަމަވެސް، ޖޭފޯއާއިއެކު
ޖޭފޯގެ ޓީމުންވަނީ ރައީސް އިބްރާހީމް މުހަންމަދު ސޯލިޙްއާއި މުލީއާގޭގައި
ބައްދަލުކުރައްވާފައެވެ. އަދި ޖޭފޯ ޓީމުގެ ފަރާތުން ނިލަންދޫއަށް ވަޑައިގެންނެވި
ސަރުކާރުގެ އިސްވަފުދަކާއި ބައްދަލުކޮށް ޖޭފޯގެ ކެންޕެއިންގައި އެމްޑީޕީގެ
އެހީތެރިކަން ލިބޭނެކަމަށް އެމްޑީޕީ ނިލަންދޫގެ އިސް އެކްޓިވިސްޓް އިބްރާހީމް
ޚަލީލު އެފްބީގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ