ހުޅުމާލޭގައި އަމިއްލަ ފަރާތަކުން ހެދި ޕްރީ ސްކޫލް އިންޓަނޭޝަނަލް ފެންވަރަށް ހިންގަނީ

ހުޅުމާލޭ ނެއިބާހުޑް ދޭއްގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ ޕްރީސްކޫލް ބައިނަލް އަގުވާމީ ފެންވަރަށް ޕްރީސްކޫލް ތައުލީމު ފޯރުކޮށް ދިނުމަށް އަމިއްލަ ފަރާތަކާއި ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ހައުންސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ އަމިއްލަ ފަރާތަކުން ހުޅޫމާލޭގައި ހެދި ޕްރީސްކޫލް މިއަދު އެޑިއުކޭޝަން މިނިސްޓްރީއާ ރަސްމީކޮށް ހަވާލުކުށްފައެވެ. މި އިމާރާތަކީ އެޗްޑީސީގެ ބިމެއްގައި އަމިއްލަ ފަރާތަކުން ހަރަދުކޮށްގެން ހިލޭ ހަދާފައިވާ އިމާރާތެކެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އިމާރާތުގައި ހަތް ކްލާސްރޫމް ހިމެނޭ ކަމަށެވެ. އަދި މި އިމާރާތުގައި ބައިނަލް އަގުވާމީ ފެންވަރަށް ޕްރީސްކޫލް ތައުލީމު ފޯރުކޮށް ދިނުމަށް އަމިއްލަ ފަރާތަކާއި ހަވާލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އާންމު އުސޫލުން މިކަން ހުޅުވާލުމަށް އިއުލާން ކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، މިނިސްޓްރީގެ އަމާޒަކީ ޖޫން ނުވަތަ ޖުލައި މަހުގައި، މި ސްކޫލްގައި ކިޔަވައިދޭން ފެށުންކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ