ޖޭއެސްސީގެ މެމްބަރު ކަމުން ރިޒާ ވަކި ކުރަން ފާސްވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ކަނޑައަޅުއްވާފައިވާ އިބްރާހީމް ރިޒާ ވަކިކުރަން މަޖިލީހުން ފާސްކޮށްފިއެވެ. ޖީއެސްސީގެ މެމްބަރު ކަމުން ރިޒާ ވަކި ކުރެއްވުމަށް ނެގި ވޯޓުގައި އޭނާ އެ މަގާމުން ވަކި ކުރެއްވުމަށް 42 މެމްބަރުން ވަނީ ވޯޓް ލައްވާފައެވެ. އަދި ވަކި ކުރަން ނުފެންނަ ކަމަށް 24 މެމްބަރުން ވަނީ ވޯޓް ލައްވާފަ. ވަކި ގޮތަކައް ވޯޓް ދެއްވަން ބޭނުންނުވާ 1 މެމްބަރުން އިންނެވިއެވެ. ޖުޑީޝަލް ސާރވިސް ކޮމިޝަނުން ރިޟާ ވަކިކުރެއްވުމަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ. ޖަވާބު ދާރީ ވެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ރިޒާ ވިދާޅުވީ، ޖުޑީޝަލް ސާރވިސް ކޮމިޝަނުން އޭނާ ވަކިކުރެއްވުމަށް ބޭނުންވަނީ އެމްޑީޕީ ކަމަށެވެ. 2011 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެމްބަރުގެ މަގާމުން އޭރު ޖޭއެސްސީގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ޝަހީދު މަރްހޫމް ޑރ. އަފްރާޝީލް އަލީ ވަކި ކުރައްވަން ހުށަހެޅުއްވީވެސް އެމްޑީޕީން ކަމަށެވެ. އަދި އޭރުވެސް އެމަނިކުފާނު ވަކި ކުރައްވަން ހުށަހައެޅުއްވީވެސް އަސާސެއް ނެތް ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. ރިޟާ ވިދާޅުވީ އޭރު މަރްހޫމް ޑރ. އަފްރާޝީމް އަލީ ވިދާޅުވި ފަދައިން އެމްޑީޕީއިންވެސް އެމަނިކުފާނު އެ މަގާމުން ދުރުކުރައްވަން މަސައްކަތް ކުރެއްވީ ފަނޑިޔާރުންނަށް ބިރު ދައްކާ، ލާދީނީ ފިކުރުތަކާއި ރިޝްވަތާ ނުފޫޒް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ތެރެޔަށް ވައްދަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ