ނޮވެމްބަރު ތިނެއްގައި އިންޑިއާއިން ދިން އެހީތެރިކަން ހަނދާންކުރަން: މައުމޫން

މީގެ 30 އަހަރު ކުރިން ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ހުއްޓުވުމަށް އިންޑިއާއިން ދިން އެހީތެރިކަން ހަނދުމަފުޅު ކުރައްވާ ކަމަށް އޭރު ރައީސްކަމުގެ މަގާމުގައި ހުންނެވި މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރާޖީވް ގާންދީއާއެކު ރައީސް މައުމޫން ނަންގަވާފައިވާ ފޮޓޯއެއްގައި ލިޔުއްވާފައިވަނީ 1988 ހަނދާން ނައްތާ ނުލުމަށެވެ. އެ ފޮޓޯއާއެކު ކުރެއްވި ޓުވީޓުގައި ރައީސް މައުމޫން ވަނީ އިންޑިއާއަށް ޝުކުރު ދަންނަވައިފައެވެ.
މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރާއްޖެއަށް އެރި ހަނގުރާމަވެރިން ބަލިކަށިކޮށްލައި، ރާއްޖޭގެ މިނިވަންކަން ދަމަހައްޓައިދިނުމަށް އިންޑިއާއިން ކުރި މަސައްކަތަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.
ދިވެހީންގެ ބަޔަކާއި ސްރީލަންކާގެ ހަނގުރާމަވެރިންތަކެއް ގުޅިގެން ރާއްޖެ އަރައި 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގައި ދިން އުދުވާނީ ހަމަލާގައި 19 މީހަކު ޝަހީދުކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަށް ސިފައިންނާއި އާންމުންގެ 11 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ