ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަންގެ މަގާމަށް އަހުމަދު ލަތީފް އައްޔަންކުރަނީ

ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ހ. ސީވީޑް، އަހުމަދު ލަތީފް ހަމަޖެއްސުމަށް އިންތިހާބީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ސިވިލްސާވިސް ކޮމިޝަނަށް ސިޓީ ފޮނުއްވައިފިއެވެޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ހުށައަޅާފައިވާ ފަރާތަކީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ބޭބޭ. އަދި އޭނާ އަކީ އޮލިމްޕިކްސް ކޮމިޓީގެ ނައިބު ރައީސް. "ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނުގައި"، ރިޔާސީ އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާންކުރުމާއެކު، ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަން އެއް ހަމަޖައްސަންޖެހޭކަމަށް ބުނެފައިވެއެވެ. އެގޮތުން އެ ޤަނޫނުގެ 7 ވަނަ މައްދާގައި ބުނާގޮތުން ޑައިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވާ ފަރާތުން އެދޭގޮތަށް ސިވިލް ސަރވިސް ކޮމިޝަނުންނެވެ. ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަން ގެ މަގާމަށް އަހުމަދު ލަތީފްގެ ނަން އިބޫ ފޮނުއްވާފައިވާކަން އިއުލާންކުރެއްވުމަށްފަހު އިބޫގެ ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ ބޭއްވި ނޫސްވެރިންގެ ބައްދލުވުމުގެ ތެރެއިން. އަދި މިކަން އަވަށް ކުރުމަށް މާރިޔާ ވަނީ ގޮވާލައްވާފައެވެ. މާރިޔާ އެފަދައިން ގޮވާލެއްވި އިރު ސަރުކާރު ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ސީއެސްސީއިން މިއަދު ވަނީ ޕާމެނެންޓް ސެކްރެޓަރީންއާ އެކު މަޝްވަރާކޮށްފަ. އަދި އިތުރު މުވައްޒަފުން މި މަރުހަލާގެ ތެރޭގައި ނުނެގުމަށް ވެސް ސީއެސްސީއިން މިހާރު ވަނީ އޮފީސްތަކަށް އަންގައިފައެވެ. ޗެނަލް 13 އަށް މަޢުލޫމާތު ދެއްވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމު ވިދާޅުވީ، ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަނަލްގެ މަގާމަށް އަހުމަދު ލަތީފް މާދަމާ އައްޔަން ކުރާނެކަމަށެވެ. އަދި އެ މަސައްކަތް މިހާރު ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން މިއަދު ސަރުކާރުގެ އިދާރާތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައިވާއިރު، އެ ބައްދަލުވުން ފައްޓަވައިދެއްވާ ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމު ދެއްކެވި ވާހަކަފުޅުގައި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙާއި އިންތިޚާބީ ނައިބުރައީސް ފައިސަލް ނަސީމަށް ސިވިލް ސަރވިސްގެ މުވައްޒަފުންގެ ނަމުގައާއި ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި މަރުހަބާ ދެންނެވިއެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާ ވީހާވެސް ކާމިޔާބުކަމާއެކު ކުރިޔަށްގެންދިއުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ނިމިދިޔަ ސަރުކާރުން ސިވިލް ސަރވިސްއަށާއި ކޮމިޝަނަށް ދެއްވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމާއި ކެބިނެޓްގެ ވަޒީރުންނަށް ސިވިލް ސަރވިސްއާ އަދި ކޮމިޝަނުގެ ފަރާތުން ވަނީ ޝުކުރު ދަންނަވާފައި.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ