ކަޕިލް ޝަރުމާ ކައިވެނިކުރަނީ

ބޮލީވުޑްގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރްމާ އާއި އޭނާގެ ލޯބިވެރިޔާ ގިއްނީ ޗަތްރަޗް ކައިވެނި ކުރަން  ނިންމައިފިއެވެ.
ކައިވެނިކުރަން ނިންމިކަން ހާމަކުރީ ކައިވެނީގެ ދައުވަތު ކާޑް އެޓޭޗް ކޮށް ކުރި ޓުވީޓަކުންނެވެ. އެ ކާޑުގައިވާ ގޮތުން ކައިވެނީގެ ހަފްލާ އޮންނާނީ ޑިސެމްބަރު މަހުގެ 1ވަނަ ދުވަހުއެވެ.  ކައިވެނީގެ ފުރަތަމަ ހަފްލާ އޮންނާނީ އޭނާގެ ލޯބިވެރިޔާ ގިއްނީގެ އުފަންރަށް ޖަލަންދަރުގަ އެވެ.
 މީގެ އިތުރުން ފިލްމު އިންޑަސްޓްރީގައި އުޅޭ ގާތް ރައްޓެހިންނަށް ހާއްސަ ކޮށްގެން ޑިސެމްބަރު މަހުގެ ސާދަވަނަ ދުވަހު މުމްބާއީގައެވެ. ޓްވިޓާގައި ކައިވެނި އިއުލާން ކުރަމުން ކަޕިލް ބުނީ ކައިވެންޏާއެކު އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލު ތަކެއް އަންނާނެ ކަމަށާއި ގިއްނީގެ ފަރާތުން އޭނާޔަށް ވަރަށް ސަޕޯޓް ލިބޭކަމަށެވެ.
 ގިއްނީ ކަޕިލްއާ ބެހޭ ގޮތުން ބުނީ ކަޕިލް އަކީ ވަރަށް ކެއާކުރާ ވަރަށް ފެމެލީ މީހެއް ކަމަށެވެ. އަދި ކަޕިލް އަށް ވުރެ ރަނގަޅު ބައިވެރިއެއް މިހާތަނަށް ފެނިފައިނުވާކަމަށެވެ.
ކަޕީލް އޭނާ އާއި ގިއްނީ ރައްޓެހިވެގެން އުޅޭކަން އިއުލާންކޮށްފައި ވަނީ ވޭތުވެދިޔަ އަހަރު މާޗްމަހު އެވެ. މި ދެމީހުން ބައްދަލު ވެފައިވަނީ ކަޕީލް މަސައްކަތް ކުރަމުންދިޔަ ހަސްބަލިޔޭ ކިޔާ ކޮމެޑީ ޝޯއަކުންނެވެ
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ