ކޯޓުތަކުގެ އަމުރުތަކަށް ސަރުކާރުން ކިޔަމަންނުވާނަމަ އެކަން ހައްލުކުރަން ޖެހޭނީ ރައްޔިތުން : ސާކްގެ ސެކްރެޓަރީ ޖެނެރަލް ދިޔާނާ

ޤާނޫނާ ޚިލާފަށް ޢަބްދުﷲ ގާޒީ ހައްޔަރުކުރުމާ ގުޅިގެން މުޒާހަރާކުރަނީ - ދިއިސްލާމް ފޮޓޯގާނޫނުތަކާއި ކޯޓުތަކުގެ އަމުރުތަކަށް ސަރުކާރުން ކިޔަމަންނުވާނަމަ އެކަން ހައްލުކުރަން ޖެހޭނީ ރައްޔިތުންގެ ތެރެއިން ކަމަށް ކުރީގެ ބަންޑާރަ ނާއިބް އަދި ސާކްގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.ގާނޫނީ ވަކީލުންތަކެއް ގުޅިގެން ވީޓީވީގެ ސްޓޫޑިއޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިޔާނާ ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނުތަކުން އަމަލުކުރާނީ ބޭނުން މާއްދާ އަކަށް ކަމަށް ސަރުކާރަކަށް ކަނޑަނޭޅޭނެ ކަމަށެވެ. އަދި ގާނޫނުތަކަކީ ބޭނުން ބައެއް ނަގާފައި ބޭނުން ބައެއް ދޫކޮށްލާ ގޮތަށް އޮންނަ ކަންތައްތަކެއް ނޫން ކަމަށާއި، ކޮންމެ ވަގުތަކު ވެސް ގާނޫނަށް އަމަލުކުރަން ޖެހޭނެ ކަމަށް ދިޔާނާ ވިދާޅުވި އެވެ.ދިޔާނާ ވިދާޅުވީ އެގޮތުން ތިމަންނަމެން އަމަލުކުރާނީ މިވެނި މާއްދާއަކަށް ނުވަތަ މިވެނިމާއްދާ އަކީ ތިމަންނަމެންނަށް ވާ މާއްދާ އެކޭ ނުކިޔޭނެކަމަށާއި އެހެން ބުނުމުގެ ބާރު ސަރުކާރަށް ވެސް ނޯންނާނެ ކަމަށެވެ. އަދި ގާނޫނު އަސާސީ އާއި ގާނޫނުތަކަށްކީ އެންމެ ވެސް ތަބާވާން ޖެހޭނެކަމަށެވެ. ގާނޫނާ ޚިލާފަށް އަމަލުކުރުމުން އެބަޔަކު އެ އަމަލު ކުރަނީ ގާނޫނާ ޚިލާފަށް ކަނޑައަޅާނީ ކޯޓުތަކުގެ ފަނޑިޔާރުން ކަމަށާއި ކޯޓުތަކުން ކުރާ އަމުރުތަކަށް ތަބާނުވާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ. ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިކަން ހައްލުކުރުމަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެއަބްދުﷲ ގާޒީ ހައްޔަރު ކުރުމާއި ގުޅިގެން ސަރުކާރަށް ދަނީ ފާޑުކިޔުންތަށް ރައްދުވަމުންނެވެ. އެގޮތުން އަޒިމާ ޝަކޫރު ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި ފަނޑިޔާރުންނަށް މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ބިރުވެރިކަމެއް ކުރިމަތިވެފައިވާ ކަމަށާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ދެމެހެއްޓުމަށް އެ ބޭފުޅުން ކުރަމުންގެންދަވާ މަސައްކަތްތައް ގާނޫނީ ހަމައިން ކުރަމުންގެންދާނެ ކަމަށެވެރައީސް ނަޝީދު ވެރިކަމަށް ހޮވުމަށްފަހު މިސަރުކާރުގެ ފުރަތަމަ ބަންޑާރަނައިބު ކަން ދިޔާނާ ވަނީ ކުރައްވާފައެވެ.  ދިޔާނާ އިސްތިއުފާ ދެއްވީ ރައީސް ނަޝީދާ ހިޔާލުތަފާތުވުންތަކެއް ކުރިމަތިވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ