މޫސުން ގޯސްވާނެކަމަށް ލަފާކޮށް އޮރެންޖު އެލާޓު ނެރެފި

އުތުރުގެ ބައެއް ސަރަހައްދުތަކަށް  އޮރެންޓް އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން މިރޭ އިރުއޮއްސި 06:30 އިން 8:00 އާއި ހަމައަށް މި އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ށ.އަތޮޅާއި ހަމައަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ނެރުނު މި އެލާޓުގައި ވެއެވެ.
މި އެލާޓުގައި ވާގޮތުން އެއް ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ، ނުވަތަ ހަ ގަޑިއިރު ތެރޭގައި 120 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރެވެއެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަ ދުވަސްވަރެއް ކަމަށްވާއިރު، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ