ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތު ގަޑި ވެސް މަދުކޮށްފި

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތު ގަޑި ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑިއާ އެއްވަރަށް ބަދަލުކޮށް ހަ ގަޑި އިރަށް މަދުކޮށްފި އެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު މިއަދު ސަން އަށް ވިދާޅުވީ، ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތު ގަޑިއަކީ ހެނުނު 8:00 އިން މެންދުރު 2:00 އަށް ކަމުގައި ކަނޑައަޅާފައި ވާތީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތު ގަޑި ވެސް އެގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެކަން މިހާރު ލިޔުމުން ހުރިހާ ކޯޓުތަކަށް އަންގާފައިވާ ކަމަށެވެ. ރައީސް އޮފީހުން ބުނީ، ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑިއަށް ބަދަލުގެނައީ މުވައްޒަފުން އަމިއްލަ މަސައްކަތް ކުރުމަށް ވަގުތު ދިނުމުގެ ގޮތުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ