ހުޅުމާލޭގެ ފްލެޓުތަކުގައި އަވިން ކަރަންޓު އުފެއްދުމުގެ މަޝްރޫއުގެ 80 ޕަސަންޓު ނިމިއްޖެ

ހުޅުމާލޭ ފްލެޓުތަކުގައި އަވިން ކަރަންޓު އުފެއްދުމުގެ މަޝްރޫއުގެ މަސައްކަތުގެ 80 ޕަސަންޓު ނިމިފައިވާ ކަމަށް ހައުސިން ޑިވަލޮޕްމަންޓް ކޮޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ގްރީން ސިޓީ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ 1000 ހައުސިން ޔުނިޓެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެޗްޑީސީން މައުލޫމާތުދެ އެވެ.
އެޗްޑީސީން ބުނީ މިމަޝްރޫއުގެ ދަށުން ސޯލާ ޕެނެލް ހަރުކުރަނީ ހޮވާލެވޭ ވަކި ހައުސިން ޔުނިޓުތަކެއްގައި ކަމަށެވެ. އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
މިމަޝްރޫއުގެ ދަށުން ސޯލާ ޕެނަލް ހަރުކުރާ ފްލެޓްތަކުގެ ކަރަންޓް ބިލް އެތައް ތަނެއް ކުޑަވެގެން ދާނެ ކަމަށްވެސް އެޗްޑީސީން މައުލޫމާތުދެ އެވެ.
އެޗްޑީސީން ބުނީ ފްލެޓްތަކުގައި ސޯލާ ޕެނަލް ހަރުކޮށް ނިމުމުން ހުޅުމާލޭގައި އަވިން 1.5 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ ކަމަށެވެ.
ގްރީން ސިޓީ މަޝްރޫއަކީ ވޯލްޑް ބޭންކާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.
މިމަސައްކަތް ކުރިއަށް ގެންދަނީ ރިނިއުބަލް އެނާޖީ ކޮމްޕެނީއާ ހަވާލުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ