ބެންޗު ބަދަލުކުރުމަށް ޔާމީނުގެ ފަރާތުން ހުށަހެޅި މައްސަލަ މައްސަލަ ސުޕްރީމް ކޯޓުން ބަލައިއެއް ނުގަތް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާއާއި ގުޅިގެން ފުރަތަމަ މައްސަލަ ބެއްލެވި ޤާޟީ އަހްމަދު ހައިލަމް ސަސްޕެންޑުކުރުމާއި ގުޅިގެން އެމައްސަލަ ދެން ކުރިއަށް ގެންދިއުމަށްޓަކައި އެކުލަވާލި 5 ފަނޑިޔާރުންގެ ބެންޗާމެދު ހިތްހަމަ ނުޖެހިގެން ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފި އެވެ. އެމައްސަލަ ބަލައި ނުގަތުމަށް ނިންމެވި ސަބަބެއްކަމަށް ވަނީ އެ މައްސަލާގައި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ބުނެ އެވެ. ރައީސް ޔާމީނުގެ ފަރާތުން ބެއްޗް ބަދަލުކުރުމަށް މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ ކޯޓުތަކުގެ ގާނޫނާ ހިލާފަށް ބެންޗު އެކުލަވާލާފައިވާތީ އެވެ. ބެންޗް އެކުލަވާލުމަށްޖެހޭނީ ފަނޑިޔާރުންގެ މަޖިލީހުގައި މަޝްވަރާކޮށްފަ ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ މައްސަލާގައި ބެންޗުގައި އެކުލަވާލާފައިވަނީ އެއާ ހިލާފަށް ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު އަމިއްލައަށްކަމަށްވާތީ އެއީ ޤަނޫނާއި ޚިލާފުކަމެއްކަމަށް ޔާމީނުގެ ވަކީލުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ