މޫސުން ގޯސްވެ އަށް އަތޮޅަކަށް ވައިޓް އެލާޓް ނެރެފި

ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން އަށް އަތޮޅަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ށ. އަތޮޅުން ފެށިގެން ވ. އަތޮޅާ ދެމެދަށެވެ. އެގޮތުން އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ 23:15 އިން ދަންވަރު 3:15 އަށެވެ.
މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، އެހެން ހިސާބުތަކަށް އިރު އުތުރާއި އިރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
އޭގެ އިތުރުން ކަނޑުތައް ވެސް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް މެޓުން ބުނެ އެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓުން އިލްތިމާސްކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ