ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ޝަހީބު ދޫކޮށްލަން އަމުރުކުރީ، އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ، ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝަހީބު ދޫކޮށްލީ ހެކި ހުރެގެން ފުރަތަމަ ފަހަރަށް މުއްދަތު އިތުރުކޮށްދިނުމަށް ފަހު، ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެކިތަކާއެކު މިއަދު ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.
މިމައްސަލައިގައި ފުލުހުން ހައްޔަރު ކުރީ ހަތް މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 25 އަހަރާއި 48 އަހަރާއި ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަ ކުއްޖެކެވެ.
އެ ތަކެތި ރާއްޖެ އެތެރެކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރަނީ ޝަހީބް އިބްރާހިމް އާއި ވައިލެޓްވިލާ/ ހއ. ހޯރަފުށި، އަހްމަދު މޫސާ އަށެވެ.
ޝަހީބަކީ މީގެ ކުރިން ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަގާމުގައި ހުރި މީހެކެވެ. އޭގެ ފަހުން ޕީއެންސި އުފެދުނު ފަހުން އޭނާ އަކީ އެޕާޓީގެ ކައުންސިލް މެމްބަރެކެވެ. މަސްތުވާތަކެތީގެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރެވުމާއިއެކު އޭނާ ވަނީ ޕީއެންސީން ސަސްޕެންޑު ކޮށްފަ އެވެ.
ނިމިދިޔަ މަޖިލިސް އިންތިހާބުގައިވެސް ވާދަކުރި، ޝަހީބް އިބްރާހިމްއަކީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އިރާނު ބޯޓަކުން އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުން އޮތް މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ކްރިމިނަލް ކޯޓުން ޝަހީބު ދޫކޮށްލަން އަމުރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ