ﷲ ގެ ޙަޟްރަތަށް "އުދުހިގަތުމުގެ" ފުރުޞަތު ދެއްވަވާނެ! އިން ޝާ ﷲ: ޔޫސުފް އެސްޓީސް

ފާފަނުކޮށް ހުރުމަށް ޢަޒުމް ކަނޑައަޅާ މީހާ އެކަމުގައި ކުރިއަށްދާން މަސައްކަތްކުރާށެވެ! އެކަމަށް އޮތް އެންމެ ފަސޭހަ އެއް މަގަކީ އަޅުކަންކުރުން ގިނަކުރުމެވެ. ﷲ ތަޢާލާގެމަތިން ހަނދުމަކުރުން ގިނަކުރުމެވެ.
ކޮންމެދުވަހަކުވެސް ހެޔޮޢަމަލުކުރުމުގައި އެއްފިޔަވަޅު ނަމަވެސް ކުރިއަށް އަޅަން މަސައްކަތްކުރާށެވެ. ފްލައިޓަކަށް އަރައިގެން އުދުހިފައި ތަނަކަށްދާންވެސް ފުރަތަމަ ކުރާކަމަކީ ގެއިން ބޭރަށް ފިޔަވަޅެއް އެޅުމެވެ. ފްލައިޓާއި ހަމައަށް ދެވެނީ އެތައް ބައިވަރު ފިޔަވަޅުތަކެއް ފައިން އަޅައިގެންނެވެ. ފްލައިޓްގައި އުދުހިގަނެވެނީ ފްލައިޓަށް އަރައި ފިޔަވަޅަކުން ފިޔަވަޅަކުން އަޅަމުން ގޮސް ގޮނޑީގައި އިށީނދެވުމުންނެވެ.
ވީމާ އަޅުކަންކުރުމުގައި ފިޔަވަޅަކުން ފިޔަވަޅަކުން ކުރިއަށްދާ މީހާއަށް ﷲ ތައާލާގެ ޙަޟްރަތަށް "އުދުހިގަނެވޭނެ" ފުރުޞަތު ﷲ ތަޢާލާ ދެއްވަވާނެތެވެ. ގަދައަޅައި މަސައްކަތްކުރަންވީ އެކަމަށެވެ. 
- ޔޫސުފް އެސްޓީސްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ