ހިޔާ ފްލެޓުތަކަށް ކަރަންޓު ދޭން ތައްޔާރުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކަށް ކަރަންޓުގެ ހިދުމަތް ދޭން ސްޓެލްކޯ އިން ތައްޔާރުވެއްޖެއެވެ. ސްޓެކްލޯ އިން މިއަދު ބުނީ ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމަށް ކުރަންޖެހޭ އިންސްޕެކްޝަންގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. މި އިންސްޕެކްޝަނަށްފަހު ކަރަންޓު ދިނުމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. https://twitter.com/STELCOMALDIVES/status/1355483224047140865` "ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވާ ތާރީހުގެ ކުރިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ ނިންމާލެވޭނެ،" ސްޓެލްކޯ އިން ބުންޏެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އިމާރާތް ކޮށްފައި ވެއެވެ. މި މަޝްރޫއަށް 430 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. ހިޔާ ފްލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށް ފްލެޓުތަކުގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ކޮމެޓީ އިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ