ފިލްމުތަކާއި ވާހަކަތަކުގައި ލޯބި ވެވޭނެ ކަމަށް ބުނަނީ އެންމެ ފަހަރަކުއެވެ. ނަމަވެސް އެއީ ތެދެއް ނޫނެވެ. ކަން އެހެން އޮތްނަމަވެސް ތިމާއަށް ހަގީގީ ލޯތްބަކީ ކޮން އެއްޗެއް ކަމެއް ނޭނގި "ލޯބި" އެ ބަސް ބޭނުންކޮށްފައިވަނީ ކިތައް ފަހަރު ހެއްޔެވެ؟ އެހެންކަމުން މިހާރު ލޯބިވެޔޭ ބުނަން ވަރަށް ފަސޭހަ ހެއްޔެވެ؟ އެހެންނަމަވެސް އެއީ ތެދު ނޫންކަންވެސް އެނގޭ ހެއްޔެވެ؟
ތިމާއަށް ވެވުނީ ހަގީގީ ލޯބިކަން ދެނެގަތުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެއް އެބަހުއްޓެވެ. ނުވަތަ އެކަން ދެނެގަންނާނެ ގޮތްތަކެއް އެބަހުއްޓެވެ.
"ލޯބި ވޭ" ބުނި ނަމަވެސް އޭގެ މާނައަކީ ތިމާ ލޯބިވުމެއް ނޫން
ތިމާ ފުރަތަމަ ފަހަރަށް މީހަކާއެކު އުޅެމުން ދިޔައިރު އެ މީހާ ގާތު ލޯބިވާ ވާހަކަ އަބަދު ބުނުމަކީ ގިނަ މީހުންކޮށްފައިވާ ކަމެެކެވެ. ނަމަވެސް ގިނަ މީހުންނަށް އޭގެ މާނަވެސް ނޭނގިދާނެއެވެ.
އެހެންކަމުން ލޯބިވެޔޭ ބުނި ނަމަވެސް އޭގެ މާނައަކީ ތިމާ އެމީހެއްދެކެ އަސްލު ލޯބިވުން ނޫން ކަމަށް ވެދާނެއެވެ.
ލޯތްބަކީ ވާ އެއްޗެއް ނޫން، ވެވޭ އެއްޗެއް!
މިއީ ވަރަށް ގިނައިން އަޑުއިވިފައިވާ ބުނުމަކަށް ވެދާނެއެވެ. އެހެންނަމަވެސް އެއީ ހަމަ ހަގީގަތެކެވެ. ލޯތްބަކީ ގަދަކަމުން ވެވޭނެ އެއްޗެއް ނޫނެވެ. އޭނާއަކީ ފަހަރުގައި ތިމާ މުޅި އުމުރުގައި ހޯދަން ބޭނުންވި ކަހަލަ މީހާއަށްވެސް ވެދާނެއެވެ. އެހެންނަމަވެސް އެމީހާއާ އެކު އުޅެން ފެށުމުން އެމީހާއަކީ މިހާރު ބޭނުން ނުވާ މީހާއަށްވެސް ވުން އެކަށީގެންވެއެވެ.
އެފަދަ ހާލަތެއް އައުމުން އޭނާއަކީ ކިތަންމެ ފުރިހަމަ މީހަކަށްވި ނަމަވެސް އޭނާ ދެކެ ލޯބި ނުވެވިދާނެއެވެ. އެހެންކަމުން ކިތައްމެ މަސައްކަތެއް ކުރިޔަސް ގަސްތުގައި އަލުން ލޯތްބެއް ނުވެވޭނެއެވެ.
އެކަނިވެރިކަމަކީ ލޯތްބަކީ ކޮން އެއްޗެއްކަން އޮޅުވާލާ އެއްޗެއް
ތިމާގެ ހަޔާތުގައި ކަންތައްތައް ވަމުން ދަނީ ވަރަށް ހިތާމަވެރިކޮށް ކަމަށް ވެދާނެއެވެ. އެފަދަ ހާލަތެއްގައި ތިމާއަށް މީހެއްގެ މަތިން މާ ބޮޑަށް ވިސްނެން ފެށުމަކީ އާންމުކޮށް ވެގެންދާ ކަމެކެވެ. ނަމަވެސް އެއީ ކޮންމެހެން ލޯތްބަށް ވުން މުހިއްމެއް ނޫނެވެ.
އެކަނިވެރި ކަމުގެ ހާލަތުގައި އެހެން ފަރާތެއް ތިމާއަށް އެހީތެރިވަމުން ދިޔުމުން އެމީހެއްގެ އޯގާވެރިކަމަކީ ތިމާއަށް ރަނގަޅު ސިފައަކަށްވި ނަމަވެސް އެއީ ފަހަރުގައި ލޯތްބަށް ނުވެދާނެއެވެ.
މީހަކު ކަމުދިޔުމާއި ލޯތްބަކީ މުޅިން ދެ އެއްޗެއް!
ތިމާއަަށް މީހަކު ވަރަށް ކަމުގޮސްފާނެއެވެ. އަދި އެމީހަކާ މެދު އަބަދުވެސް ވިސްނިދާނެއެވެ. އޭގެ މާނައަކީ އަދި ތިމާއަށް ލޯބިވެވުނީ ކަމަށް ނުވެދާނެއެވެ.
އެހެންނަމަވެސް މިފަދަ އިހުސާސްތަކަކީ ކުޑަ ހިނދުކޮޅަކަށް ދެމިގެންދާ އިހުސާސްތަކެއް ކަމުގައިވާނަމަ އެއީ ލޯތްބެއް ނޫނެވެ.
ލޯތްބަށް އިންތިޒާރުކުރުމަކީ ކެތްކުރަން ޖެހޭ ކަމެއް
ހަގީގީ ލޯތްބަކަށް އިންތިޒާރުކުރުމަކީ އެކަމަށް ކެތްކުރުމެވެ. ކުޑަހިނދުކޮޅަކަށް ކުރެވޭ އިހުސާސަކަށް ބަރޯސާވެ މީހަކާ ގުޅެން ބަލާއިރު ރަނގަޅަށް ވިސްނާލުން ރަނގަޅުވާނެއެވެ. ސަބަބަަކީ އެފަދަ ހާލަތުގައި އެއީ ގިނަ ފަހަރަށް ލޯތްބެއް ނޫނެވެ. އެހެންކަމުން ހަގީގީ ލޯތްބަކަށް އިންތިޒާރުކުރުމަކީ އޭގައި ކުރުން އެންމެ މޮޅު އިތުރު އަދި ބުއްދިވެރި ކަންތައް ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.
މިއީ ގިނައިން ލޯބިވެރިން ހޯދާ މީހުންނަށް ހާއްސަ ލިޔުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ