އައްޑޫ ގެއެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

އައްޑޫގައި ގެއެއްގެ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ތަފްސީލް - ފުލުހުން މިއަދު ބުނިގޮތުގައި ހުޅުމީދޫ ހެލްތު ސެންޓަރަށް ގެންދިޔަ މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ މައްސަލައެއް މިއަދު މެންދުރު ފަހު އެ ސެންޓަރުން ވަނީ ރިޕޯޓުކޮށްފަ އެވެ.
ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ މީހާ ޒަހަމްވެފައިވަނީ ގެއެއްގެ ތެރޭގައި، ދެ ފިރިހެނެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި ހަމަލާދިނުމުން ކަމަށް ފުހުލުން ބުންޏެވެ.
ޒަހަމްވި އުމުރުން 39 އަހަރުގެ މީހާއަށް މިހާރު ފަރުވާ ދެމުންދަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގަ އެވެ. އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން ބުނިގޮތުގައި:
އެ މާރާމާރީ ހިންގީ މަސްތުވާތަކެތީގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގެ ތެރެއިން
އެ މައްސަލައާ ގުޅިގެން 44 އަހަރުގެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ