ރައީސް މައުމޫން ފެކްޝަނުން ޕީޕީއެމްގެ އަހަރީ ދުވަސް ފާހަގަ ކުރުން ޕީޕީއެމްގެ އޮފީހަށް ބަދަލު ކުރަން އެޕާޓީގެ ކައުންސިލުން ނިންމައިފިއެވެ.
ރައީސް މައުމޫން ޗެއާ ކުރައްވާ ކައުންސިލުން މިގޮތައް ނިންމެވީ ކުރިން އަހަރީ ދުވަސް ފާހަގަކުރަން ނިންމި އެންދެރިމާގެ ގްރީން ޒޯންގައި ހުންނާތީއެވެ.
އެންމެ ފުރަތަމަ އަހަރީ ދުވަސް ކުރުން ބާއްވަން ނިންމީ ދަރުބާރުގޭގައެވެ. ނަމަވެސް ފަހުން ވަނީ އެންދެރިމާގޭގައި ޖަލްސާ ބާއްވަން ނިންމަވާފައެވެ.
މިހާރު ނިންމާފައި ވަނީ އަހަރީ ދުވަހުގެ ޖަލްސާ އާޓިފިޝަލް ބީޗާ ދިމާލުން ކުރިމައްޗަށްވާ ގޮތަށް، ހ. ތެމާގައި ހުންނަ ޕާޓީގެ އޮފީހުގައި ބާއްވަން ކަމަށް މިރޭ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުން ބުންޏެވެ.
ޕީޕީއެމްގެ ތެރޭގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ވަރަށް ބޮޑުވެ މިހާރު ސިވިލް ކޯޓުން ވަނީ ޕީޕީއެމްގެ ހިންގުން ރައީސް ޔާމީން އާއި ހަވާލުކޮށްފައެވެ. އެނިންމުމަށް ހައިކޯޓުން ވަނީ ތާއިދު ވެސް ކޮށްފައެވެ.
ޕާޓީގެ ދެފެކްޝަންގައި ދެކައުންސިލް ބައްދަލުވުންތައް ބާއްވަމުން އަންނައިރު އެއްފެކްޝަންގެ ނިންމުންތައް އަނެއް ފެކްޝަނުން ގަބޫލެއް ނުކުރެއެވެ.
މައުމޫން ފެކްޝަން އިން ޕީޕީއެމް އަހަރީ ދުވަސް ފާހަގަ ކުރުން ޕާޓީގެ އޮފީހުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ