ޓްރަމްޕް މުސްލިމުންނާ ދެކޮޅަށް މިފަހަރު ނެރުނު އަމުރު ހަވާއީ ކޯޓުން ހުއްޓުވައިފި

އެމެރިކާއަށް 7 ޤައުމެއްގެ މުސްލިމުން އެރިއަ ނުދިނުމަށް ދަތިކޮށް ހުރަސް އަޅަން އެމެރިކާގެ ރައީސް ޓްރަމްޕް ނެރުނު ދެވަނަ އަމުރު ހަވާއީ ކޯޓުން ހުއްޓުވައިފިއެވެ. ހަވާއީގެ ފަނޑިޔާރު ޓްރަމްޕްގެ އަމުރު ހުއްޓުވީ އަމުރު ތަންފީޒުކުރަން ކުޑަ ވަގުތުކޮޅަކަށްވެފައިވަނިކޮށެވެ.
ހަވާއީ ފަނޑިޔާރުގެ ނިންމުން ދެން ދާންޖެހޭނީ އިސްތިއުނާފް ަމރުހަލާއަށެވެ. ހަވާއީގެ ފަނޑިޔާރު ބުނެފައިވަނީ ޓްރަމްޕުގެ އަމުރަކީ ކަނޑައެޅިގެން ވަކި ޤައުމުތަކެއްގެ މުސްލިމުންގެ ހައްޤުތައް ގެްއލޭ ގޮތަށް ނެރެފައިވާ އަމުރެއް ކަމަށެވެ.
ހަވާއީގެ ކޯޓަށް މައްސަލަ ހުށަހެޅުއްވީ ހަވާއީގެ އިމާމް އިސްމާޢީލް އިޝިޚް އެވެ.
އިމާމް ވިދާޅުވީ އިމާމްގެ މައިދައިތަ އަކީ ސީރިޔާ އަންހެނެއް ކަމަށާއި އިމާމްގެ ދަރިންގެ މާމައަށް މާމަދަރިންނާއި ބައްދަލުކުރަން ނާދެވުމަކީ އޭނާ ޤަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި ޤައުމެއްގެ ވެރިކަން ރައްޔިތުން ހަވާލުކުރަނީ ޚުދުމުޚުތާރުކަމާއިއެކު ރައްޔިތުންނަށް އަނިޔާވެރި އަމަލުތައް ކުރަން ނޫން ކަމަށެވެ.
އިމާމް ވިދާޅުވީ ހަވާއީއަކީ އެމެރިކާގެ ތަނަކަށް ހަދައިގެން ތިބެ ހަވާއީގައިތިބި މަދު މުސްލިމުން ކޮޅަށް އަނިޔާދިނުމުގެ އެއްވެސް ހައްޤެއް އެމެރިކާގެ އެއްވެސް ވެރިއަކަށް ނުއޮންނާނެ ކަމަށެވެ. އެހެންކަމުން އިމާމް ފަދައިން ހަވާއީގައި ތިބި ޓްރަމްޕުގެ ސަބަބުން އަނިޔާ ލިބެމުން އަންނަ މުސްލިމުންގެ ހައްޤުގައި ކޯޓަށް ވަޑައިގަތީ ކަމަށެވެ.
ހަވާއީގައި ތިބި މުސްލިމުންގެ އަދަދު ކިތަންމެ މަދު ނަަމަވެސް މުސްލިމުން ކޮޅަށް ގެންދަނީ މިހާރުވެސް ބޮޑެތި ދުއްތުރާތައް ކުރިމަތިކުރަމުންނެވެ. އެގޮތުން މުސްލިމް ކުދިން ކިޔަވަްދާން ބޭނުންކުރާ މަސްތަކަށް ގެއްލުން ދިނުމާއި މިސްކިތަށް ގުޅާފައި ބިރު ދެއްކުން ފަދަ ކަންކަން ގެންދަނީ ކުރަމުންނެވެ.
ހަވާއީގެ އިމާމް އިސްމާޢީލް އިޝިޚް ވިދާޅުވީ ހަވާއީގައި މުސްލިމުންގެ އަދަދު ކިތަންމެ މަދު ނަމަވެސް ކޮންމެ އިންސާނަކީވެސް އިންސާނީ ހައްޤުތަކެއް ލިބިގެންވާ މީހެއް ކަމަށެވެ. އަދި ޢާއިލީ ޒިންމާތަކެއް ވެސް އޮންނާނެ މީހެއް ކަމަށެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ