ތުޅާދޫ ދާއިރާގެ ގޮނޑި ހިސާން ކާމިޔާބު ކުރައްވައިފި

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ
މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން އެދާއިރާގެ މެމްބަރު އަލީ އާޒިމް ގޮޑި
ކާމިޔާބު ކުރައްވައިފިއެވެ.
މަޝްހޫރު ގާނޫނީ ވަކީލް
ހިސާން އެ ގިނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ހިސާން
ހުސައިން އާއި އަމިއްލަ ގޮތުން ވާދަކުރެއްވި ޒަހީން އާއި އެމްއާރުއެމްގެ
އިބްރާހިމް އަފީފު ބޮޑު ތަފާތަކުން ބަލި ކުރައްވައިފަ އެވެ.
މިހާތަނަށް އިއުލާން ކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ހިސާންއަށް 249 ވޯޓް ލިބިވަޑައިގެންނެވިއިރު، އޭނާ އާ އެންމެ ކައިރިން ވާދަކުރެއްވި ޒަހީން އަށް 52 ވޯޓް އަދި އަފީފަށް ލިބިވަޑައިގެންނެވީ 51 ވޯޓެވެ.
ހިސާން ތުޅާދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވިއިރު އޭނާގެ ފިރިކަލުން މުހައްމަދު ނާޒިލް ވެސް ވަނީ ބޮޑު ތަފާތަކުން ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ