ހއ. އުތީމުގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އެޅުމަށް ބަޔަކާ ހަވާލުކޮށްފި

ހއ. އުތީމުގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އެޅުމަށް ނާސާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. އަދި ނާސާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަަލީ އަބްދުލް ރަހުމާނެވެ.
ނާސާ ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ މިއަދުން ފެށިގެން ނުވަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރާ ގޮތަށެވެ.
އުތީމުގައި އަލަށް އަޅާ އިންޖީނުގެއަކީ، 7،030،106.48 (ހަތް މިލިއަން ތިރީސް ހާސް އެއް ސަތޭކަ ހަ ރުފިޔާ، ސާޅީސް އަށް ލާރި) ހަރަދުކޮށްގެން އަޅާ އިންޖީނުގެއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ