އަންނަ ރިޔާސީ އިންތިހާބާއި ބެހޭ މައުލޫމާތާއި އިންތިހާބުގެ ކަންކަން ހަމަޖެހިފައިވާ އުސޫލުތަކާއި ބެހޭގޮތުން ފުލުހުންނަށް މައުލޫމާތު ދިނުމަށް އައިލްސްއާއި އިލެކްޝަން ކޮމިޝަން ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ފަށައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި އިސްކަންދަރު ބިލްޑިންގުގައި ފެށިގެން ކުރިއަށްދާ މި ސެޝަންތަކުގައި އިލެކްޝަން ކޮމިޝަނުގެ ފަރާތުން ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށާއި ރިޔާސީ އިންތިހާބުގައި އަމަލުކުރާނެ ގޮތްތަކާ ބެހޭގޮތުން މައުލޫމާތު ދީފައިވެއެވެ.
އަދި ވޯޓުލާ ދުވަހު ވޯޓު ފޮށި ބެހެއްޓިފައި ހުންނަ ސަރަހައްދުތައް ބަންދުކުރެވިފައިވާނެ ގޮތްތަކާ ވޯޓުލާ ސަރަހައްދުގައި އާންމު ހަރަކާތްތެރިވާނެ ގޮތްތަކާ ބެހޭ ގޮތުންނާއި އެ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު ވިސްނަންޖެހޭ ކަންކަމާ ބެހޭގޮތުން ފުލުހުންނަށް މައުލޫމާތުދީފައިވެއެވެ.
ފުލުހުން ބުނީ އިންތިހާބުގެ ކަންތައްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ހުރިހާ ފުލުހުންނަށް މިސެޝަންތަކުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ސެޝަންތަކުގައި ފުލުހުންގެ ހުރިހާ ޑިޕާޓްމަންޓުތަކުން ވެސް ގިނަ އަދަދެއްގެ ފުލުހުން ބައިވެރިވެއެވެ.
ރިޔާސީ އިންތިހާބާއި ބެހޭ މައުލޫމާތު ފުލުހުންނަށް ދޭން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ