ރައްޔިތުން ބޭނުންވި ކަންކަން މިނިސްޓަރު މަލީހަށް ކޮށެއް ނުދެވުނު: މެމްބަރު އާޒިމް

ރައްޔިތުން ބޭނުންވި ކަންކަން މިނިސްޓަރު މަލީހަށް ލިބުނު ވަގުތުގައި ކޮށްދެވިފައި ނުވާ ކަމަށާއި އެހެންކަމުން މިނިސްޓަރު މަލީހަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އިތުބާރެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރުދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ބަހުސް ކުރައްވަމުން އާޒިމް ވިދާޅުވީ، މިނިސްޓަރ މަލީހުގެ މައްސަލާގައި ތުހުމަތުތަކެއް ކޮށް ތަހުގީގެއް ހިންގަން ޖެހޭ ވަރު ކަމެއް ނެތް ކަމަށާއި، އެމްޑީޕީގެ 67 މެމްބަރުނަށް މިނިސްޓަރ މަލީހު އަށް އިތުބާރު ނެތް ކަމަށެވެ.
"ގާނޫނު އަސާސީގެ 101 ވަނަ މާއްދާގައި ވަޒީރުންގެ މަޖލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމަށް ވޯޓު ނެގުމާއި އެއީ ކިހިނެއް ހިނގާ ކަމެއް ކަން އޮންނައިރު ވަރަށް ސާފުކޮށް އެބައޮވޭ 10 މެމްބަރަކު ސޮއިކޮށްފައި ސަބަބެއް ލަނިކޮށް އެނިމުނީ. ނުޖެހޭ ތަހުގީގެއް ކުރާކަށް، ތުހުމަތެއްވެސް ކުރާކަށް، ވާހަކަވެސް ދައްކާކަށް،"
- މެމްބަރު އާޒިމް
އާޒިމް ވިދާޅުވީ އެމްޑީޕީގެ މެންބަރުން ހިތްހަމަޖެހޭ ކަންކަން އެ ވަޒީރަކަށް ނުކުރެވޭ ނަމަ ދެން އެވަޒީރަކު ޖެހޭނީ ކަން ދިމާ ކުރި ގޮތުން މަސައްކަތުން އެކަހެރި ކުރަން ކަމަށެވެ.
މަޖިލީހުގައި ތިބީ ވައުދުތަކެއް ވެގެން އައިސް ކަމަށާއި ރާއްޖޭގެ ސިސްޓަމު އޮތް ގޮތުން ވަޒީރުންނަކީ ވައުދުތައް ފުއްދަން ތިބޭ ބަޔަކަށް ވާއިރު އެކަން ނުކުރެވޭނަމަ ބަލަހައްޓައިގެން އެމްޑީޕީއަކުން ނުތިބޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ