އަމިއްލަ މުސާރަ ބޮޑުކުރުމަށް ޗީފް އޮމްބަޑްސްޕާސަން މަޖިލީހުގައި އެދިވަޑައިގެންފި

އިންތިޤާލީ އިންސާފުގެ ޤާނޫނު ހިންގުމަށް އުފައްދާފައިވާ އިންތިޤާލީ އިންސާފުގެ އޮފީހުގެ އެންމެ އިސްވެރިޔާ ޗީފް އޮމްބަޑްސްޕާސަންގެ މުސާރަ ބޮޑުކޮށްދިނުމަށް އެދިވަޑައިގެން އޭނާ ރައްޔިތުންގެ މަޖިލީހުގައި މާލިއްޔަތު ކޮމިޓީއަށް ސިޓީއެއް ފޮނުއްވައިފިއެވެ.
މިގޮތަށް އެދިވަޑައިގެންފައިވާއިރު، ރައްޔިތުންގެ މަޖިލީހުން އޭނާގެ މުސާރައެއް ކަމުގައި މިމަހުގެ 15 ވަނަ ދުވަހު ފާސްކޮށްފައިވަނީ 37،500 ރުފިޔާއެވެ. އަދި އޭނާގެ ދަށުން މަސައްކަތްކުރައްވާ ދެ އޮމްބަޑްސްޕާސަނުންނަށް މުސާރައިގެ ގޮތުގައި 33،500 ރުފިޔާ ހަމަޖައްސާފައިވެއެވެ. 
އިންތިޤާލީ އިންސާފުގެ އޮފީހުން ފޮނުވި ސިޓީއާ ގުޅިގެން މިއަދު މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ކޮމިޓީގެ މުޤައްރިރު އަދި ކިނބިދޫ ދާއިރާ މެންބަރު މުޙައްމަދު ނާޝިޒު ވިދާޅުވީ އިންތިޤާލީ އިންސާފުގެ ވެރިންގެ މުސާރައަކީ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ނިންމައި މަޖިލިހުގެ ތަޅުމަށް ފޮނުވައި ތަޅުމުން ފާސްކޮށްފައިވާ މުސާރައެއް ކަމަށެވެ. އަދި އެ މުސާރަ މުރާޖަޢާކުރާނެ ތަނެއް ނެތް ކަމަށެވެ.
އަދި ނާޝިޒު ވިދާޅުވީ ޗީފް އޮމްބަޑްސްޕާސަންގެ ސިޓީއަށް ޖަވާބެއްގެ ގޮތުގައި ކޮމިޓީން މުސާރަ ފާސްކޮށް މަޖިލީހުގެ ތަޅުމުން ނިންމި ގޮތުގެ ތަފުސީލުތައް ފޮނުއްވަން ގަސްތުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ