އަންނަ މަހު 3ން ފެށިގެން ރާއްޖެ އާދެވޭނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ހިފައިގެން ކަމަށް ކަނޑައަޅައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނީ ވަކިގޮތެއް އަންގަންދެން ފަތުރުވެރިންނާއި، ކޮވިޑް-19 ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އަންނަ ހުރިހާ ފަރާތްތަކުން ނުވަދިހަ ހަ ގަޑިއިރު ނުވާ ނެގެޓިވް ޕީ.ސީ.އާރު ޓެސްޓުގެ ނަތީޖާއަކާއެކު ދަތުރުކުރުމަށް އަންގާކަމަށެވެ.
މީގެ ތެރޭގައި 1 އަހަރުން ދަށުގެ ކުޑަކުދީންނެއް ނުހިމެނޭނެ ކަމަށާއި މަތީގައި މި ފިޔަވަޅު އެޅިނަމަވެސް، ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތީން ޢަމަލު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
އަދި މި ފިޔަވަޅު ތަންފީޛު ކުރުމުގައި، ވަގުތާއި ހާ ލަތަށް ރިޢާޔަތްކޮށް އަޅާންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް ބުނެފައިވެއެވެ.
މެއި 3ން ފެށިގެން ރާއްޖެ އާދެވޭނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޓެސްޓާއެކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ