ވިންޓަ ޕާކް ހިންގި ކުންފުނި "ގެއްލިގެން" ހޯދަނީ

ސަލްޓަން ޕާކުގައި ހުންނަ ވިންޓަ ޕާކް ހިންގަން ހަވާލުވި ކުންފުންޏާ މުއާމަލާތު ކުރެވޭނެ ގޮތެއް ނުވެގެން އެ ކުންފުނީގެ ފަރާތުން 10 ދުވަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލަށް ހާޒިރުވާން އަންގައި އެގޮތަށް އަމަލު ނުކޮށްފި ނަމަ ކުންފުންޏާ އެކު އޮތް އެއްބަސްވުން އުވާލާނެކަން ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން ގެޒެޓްކުރި އިއުލާނުގައި ބުނެފައި ވަނީ 2018 ވަނަ އަހަރު ވިންޓާ ތީމް ޕާކް ހިންގަން "ޑައިމަންޑް ވިންގްސް" ކުންފުންޏާ ހަވާލުކުރީ އޭރުގެ މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކަމަށެވެ. ވިންޓާ ތީމް ޕާކް ހިންގަން އެ ކުންފުންޏާ އެކު އެއްބަސްވުން ހެދި އިރު ދިން އެޑްރެހުގައި އެ ކުންފުނީގެ އޮފީސް މިހާރު ނުހުންނަ ކަމަށް ސިޓީ ކައުންސިލްގެ އިއުލާނުގައިވެ އެވެ. އަދި އެ ކުންފުނީގެ އެއްވެސް ފަރާތަކާ މިހާތަނަށް މުއާމަލާތުކުރެވިފައި ނުވާ ކަމަށް ބުންޏެވެ.
ސިޓީ ކައުންސިލުން ބުނީ އެ ކުންފުންޏާ ބައްދަލުކުރަން ބޭނުން ވަނީ، ވިންޓަ ޕާކް ހިންގަން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާތޫ ކަމަށެވެ. އެހެންވެ އެކަމާ ގުޅިގެން އަންގަން ޖެހޭ އެންގުންތައް އެ ކުންފުންޏަށް އެންގޭނެ ގޮތެއް ވެސް ވެފައި ނުވާ ކަމަށް އިއުލާނުގައިވެ އެވެ.
ވިންޓަ ތީމް ޕާކް ހުޅުވި ދުވަހު، އެތަން ހިންގާ ކުންފުނީގެ ފަރާތުން މީޑިއާއާ ވާހަކަ ދައްކަނީ. -- ފައިލް ފޮޓޯ: މިހާރު
އެހެންވެ، އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ކުރިން، އެ އެއްބަސްވުމުގައި ސޮއިކުރި ފަރާތް ނުވަތަ އެ ކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި ހިމެނޭ މީހަކު މާލެ ސިޓީ ކައުންސިލަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކައުންސިލަށް ހާޒިރު ނުވެއްޖެ ނަމަ އެއްބަސްވުން ބާތިލް ކުރާނެކަން ވަނީ އަންގައިފަ އެވެ.
Winter theme park aanmukoh hulhuvaalaifi
The most trusted news source in the Maldives
Mihaaru
ފިނި މޫސުމުގެ އިހްސާސްކުރެވޭ ގޮތަށް، ސްކޭޓް ކުރެވޭނެ އިންތިޒާމާ އެކު އާޓިފިޝަލް ސްނޯ ވެހޭ ގޮތަށް އަދި ސްނޯ ހައުސް ވެސް ހުންނަ ގޮތަށް ހެދި ތަން ހުޅުވައި އޭރު މީޑިއާއާ މުއާމަލާތުކުރި ޑައިމަންޑް ވިންގްސްގެ މައި ކުންފުންޏަކީ، މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހްގެ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީ) ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް ޓްރޭޑް މިނިސްޓްރީގެ ރެޖިސްޓްރޭޝަނުން މިހާރު ފެންނަ ގޮތުގައި ޑަޔަމަންޑް ވިންގްސްގެ މިހާރުގެ ޝެއާހޯލްޑަރުންގެ ގޮތުގައި ތިބީ އައިޝަތު މުނީރު ކިޔާ މީހަކާއި އަހްމަދު އިކްރާމް ކިޔާ މީހެކެވެ. އެ ކުންފުނީގެ ދަށުން ހިންގަން ހުއްދަ ދީފައިވާ ވިޔަފާރިތަކުގެ ތެރޭގައި "ރަސްރަނި ވިންޓަ ޕާކް" މިހާރުވެސް އެބަ އޮތެވެ.
ކެފޭއެއް ވެސް ހިމެނޭ ގޮތަށް ހިންގަމުން އައި ވިންޓަ ޕާކް މި ސަރުކާރު އައުމާ އެކީހެން ވަނީ ބަންދުކޮށް ހިދުމަތް ހުއްޓާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ