ރޯދަ މަހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން އެދިއްޖެ

ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ރަމަޟާންމަހާއި ދިމާކޮށް ގެއަށް ބަދަލުކޮށްދެއްވުމަށް އެދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސްބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެންފިއެވެ.
އިދިކޮޅު އިސްބޭފުޅުން މިިއަދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި ބައްދަލުކުރައްވާފައި ކަމަށް އެކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ. މިއީ އިދިކޮޅު ކޯލިޝަނުން އެދިގެން ބޭއްވި ބައްދަލުވުމެއް ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ، މި ބައްދަލުވުމުގައި ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ ކަންބޮޑުވާ ކަމެއް ކަމާއި، އެންމެ ކުޑަމިނުން ރޯދަ މަހަށް އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެވޭނީ ޑޮކްޓަރުންގެ ލިޔުމަކާއިއެކު ހުށަހެޅުމުން ކަމަށް ސަރުކާރުން ބުނެފައިވާއިރު،ޑޮކްޓަރުންގެ ލިޔުމާއިއެކު ތަކުރާރުކޮށް ހުށަހަޅާފައިވާނެ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ