ބިލް ނުދައްކައިގެން ސ.ހިތަދު ހޮސްޕިޓަލަކުން ކަރަންޓު ކަނޑާލުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އެބަ ދެއެވެ.
ހިތަދޫގައި ހުންނަ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ އައިއެމްޑީސީއިން ކަރަންޓް ކަނޑާލާފައިމިވަނީ ފައިތުވި ދެ މަސް ދުވަހު ކަރަންޓު ނުދައްކާ ކަމަށް ބުނެއެވެ.
މިހޮސްޕިޓަލަކީ ކުރީގެ ހެލްތް މިނިސްޓަރ މަރިޔަމް ޝަކީލާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ އައިއެމްޑީސީގެ ހޮސްޕިޓަލެކެވެ.
ހިދުމަތްތައް ހުއްޓިފައިވަނީ ކަރަންޓު ކަނޑާލުމުގެ ސަބަބުން ކަމަށް ފާހަގަކޮށް އެހޮސްޕިޓަލުން ބުނީ މިފަހަރު ކަރަންޓު ކަނޑާލާއިފައި މިވަނީ މިދިޔަ މާރޗް މަހުގައި ކަރަންޓަށް ގެނައި ބަދަލުގެ ސަބަބުން ކަރަންޓް ބިލް ދެއްކުމަށް އުނދަގޫ ތަކެއް ހުރި ކަމުގެ ވާހަކަ ފެނަކަ އަށް ސިޓީއަކުން ދަންނަވާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.
"އަޅުގަނޑުމެންނަށް ހީވަނީ ހޮސްޕިޓަލަކުން ކަރަންޓް ކަނޑާލާ އިރު އެކަމާ ދޭތެރޭ އެކަން ކުރި ބަޔަކު ވެސް ވަރަށް ފުންކޮށް ވިސްނަން ޖެހޭނެހެން،" ހޮސްޕިޓަލްގެ އެފިޝަލެއް ވިދާޅުވިއެވެ.
އަދި އެހޮސްޕިޓަލުން ވަނީ މިއީ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެއްކަމަށް ވެސް ސިފަކޮށްފައެވެ.
މާރޗް މަހުގައި ކަރަންޓަށް ގެނައި ބަދަލުގެ ސަބަބުން މިހޮސްޕިޓަލް ނޫނަސް އައްޑޫގެ ގިނަ އެހެން ކުންފުނިތަކާއި ގިނަ ބަޔަކު ދަނީ ކަރަންޓު އަގު ބޮޑު ވެގެން އެޝަކުވާ ކުރަމުންނެވެ.
ހިތަދޫގެ ހޮސްޕިޓަލަކުން ކަރަންޓް ކަނޑާލުމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވެފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ