ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހުކުރު ދުވަހު ކަނޑައަޅާނެ ކަމަށް އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމިންގެ ފެކްޝަނުން ބުނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ޕާޓީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ފެކްޝަނުން ބުނެފިއެވެ.
މައުމޫންގެ ފެކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕާޓީގެ ޓިކެޓުގައި އިންތިޚާބުތަކުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅާނީ ޕްރައިމަރީއެއް ބާއްވައިގެން ޕާޓީގެ އާންމު މެންބަރުންގެ ވޯޓުން ކަމަށް ޕީޕީއެމްގެ އަސާސީ ޤަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.
އެގޮތަށް އަމަލު ކުރުމަށް އަސާސީ ޤަވައިދުގައި ބަޔާންކޮށްފައި ވަނިކޮށް ވަކި މުއްދަތެއް ނެތް ގޮތަށް ޕްރައިމަރީ ފާސްކުރުމަށް ފަހު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހުކުރު ދުވަހު ކަނޑައަޅާނެ ކަމަށް ބުނުމަކީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ތިބި ގިނަ ކެންޑިޑޭޓުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޕީޕީއެމްގެ އަސާސީ ޤަވާއިދާއި ހިންގާ ޤަވާއިދާއި ވަކި ގޮތަކަށް ކަނޑައަޅާފައިވާ އިރު، ކުއްލިއަކަށް ކެންޑިޑޭޓުން ކަނޑައެޅުމަކީ އެޕާޓީގެ އާންމު މެންބަރުން ވަރަށް ބޮޑަށް ހިތްހަމަނުޖެހޭ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
"ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ޕްރައިމަރީ އަށް ތައްޔާރުވެފައި ވީހިނދު، އަސާސީ ޤަވައިދުގައި ވާގޮތުގެ މަތީން ޕީޕީއެމް ގެ ޕްރައިމަރީ ވީހާ ވެސް އަވަސް ތާރީޚެއްގައި ބޭއްވުމަށް ގޮވާލަމެވެ" ބާޔާނުގައި ވެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމުން ވާދަކުރާނެ ކެނޑިޑޭޓުން ހުކުރު ދުވަހު ކަނޑައަޅަން ފަށާނެ ކަމަށް ރައީސް ޔާމީން ފެކްޝަނުން ބުނެފައިވެއެވެ.
އެފެކްޝަނުން ބުރާސްފަތި ދުވަހު ޢާއްމުކުރި ލިޔުމެއްގައި ބުނެފައިވަނީ އެޕާޓީން މިމަހުގެ 6 ވަނަ ދުވަހު ކޮށްފައިވާ އިއުލާނާ އެއްގޮތްވާ ގޮތުގެ މަތިން މިމަހުގެ 25 ވާ ހުކުރު ދުވަހު އެޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ކެންޑިޑޭޓުން ކަނޑައަޅަން ޖެހޭނީ ޕްރައިމެރީ އެއް ބާއްވައިގެން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ