ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫނުގެ ހަތަރު ދަރިކަލުންނަށް އިސް މަގާމުތައް ދެއްވާފައިވަނިކޮށް އެކުދިންނަށް އެފުރުސަތު ނުދީ ރައީސް މައުމޫނު މަސައްކަތް ކުރައްވަމުންގެންދަވަނީ ބާރުތައް ނުހޯއްދެވިގެން ކަމަށާއި , އަދި ދަރިންނަށް އެބާރުތައް ހޯދައި ދިނުމަށްކަމަށް ރައީސް ޔާމީން އާއި މައުމޫނަށް ބޮޑުބޭބޭ ވިދާޅުވާ ހާލާ ހަމީދު ވިދާޅުވެއްޖެއެވެ.
ސްވިޒަލޭންޑްގެ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަަފީރު ހާލާ ހަމީދު މިހެން ވިދާޅުވީ ފޭސްބުކް ގައި ލިޔުއްވި ޕޯސްޓެއްގައެވެ.
އިތުރަށް އެޕޯސްޓްގައި ހާލާ ބުނެފައިވަނީ "މި ގައުމަށް ތަރައްގީ ގެނެސްދީ ސިޔާސިގޮތުން އެތަށް ބަދަލުކެއް ގެނައި، އަޅުގަނޑު ރައީސް މައުމޫނު އެކީ 18 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރިން، އަދި މައުމޫނުގެ އެންމެ ދަތި ހިތާމަވެރި ދުވަސްތަކުގައި ކައިރީގައި ސާބިތުވެ ހުރިން، އެގޮތުން 2005 ޖުލައި މަހުގެ ދުވަހެއްގައި އަޅުގަނޑު ގެނެސް ވިދާޅުވި އަޅުގަނޑުގެ ބައްޕަ ވަޒީރު ކަމުން ވަކިކުރި ވާހަކަ، އޭގެ ސަބަބެއް ކަމަށް ވިދާޅުވީ ޒުވާނުންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވި،" ހާލާ ލިޔުއްވާފައި އޮތެވެ.
މިއަދު ވެރިކަމުގައި ހުންނެވީ ރައީސް މައުމޫނު ނޫންކަން އަމިއްލަފުޅަށް ގަބޫލުކޮށް ރައީސް ޔާމީން ފަދަ ޒުވާން ބޭފުޅަކަށް ގައުމުގެ ވެރިކަން ހިންގުމުގެ ފުރުސަތު މިހާރުވެސް ރައީސް މައުމޫނު ދެއްވަން ޖެހޭނެ ކަމަށް ހާލާ ވިދާޅުވިއެވެ.
އަދި ޒުވާނުންނަށް ފުރުސަތު ދެއްވުމުގެ ގޮތުން ވަޒީރުކަމުން ވަކިކުރެއްވުމުން އަބްދުﷲ ހަމީދުވެސް އެއްވެސް ޝަކުވާ އަކާ ނުަލައި އެކަން ގަބޫލުފުޅު ކުރެއްވި ކަމަށާއި , ރައީސް ޔާމީން ގެ ނިންމެވުންތަކަށް ރައީސް މައުމޫނުވެސް އިހްތިރާމްކުރައްވަން ޖެހޭ ކަމަށް ހާލާ ވިދާޅުވިއެވެ.
ހާލާ އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ކޯޅުންގަނޑުގެ ސަބަބުން ކަންބޮޑުވެ ހިތާމަކުރައްވާ ކަމަށާއި , ރައީސް ޔާމީން ވެރި ކަމަށް ގެންނަން ކުރެއްވި މަސައްކަތް ޕީޕީއެމްގެ އެތެރެއިން ފެންނަން ނެތުމުން ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމަށެވެ.
އަދި ރައީސް ޔާމީން ގެ ވެރިކަމުގައި މައުމޫނުގެ ހަތަރު ދަރިކަލުންނަށް އިސް މަގާމުތަކެއް ދެއްވުމުން އެފުރުސަތުގެ ބޭނުން އެކުދިންނަށް ހިފިޔަ ނުދިނުމަކީ ރައީސް ޔާމީން ކުށްވެރި ވާނެ ކަމެއް ނޫންކަމަށާއި މައުމޫނު މަސައްކަތް ކުަރައްވަނީ ރައްޔިތުންނަށްޓަކައި ނޫން ކަމަށް ހާލާ ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި މައުމޫނު އަށް ތާއިދު ކުރައްވާ އެކުގައި ސާބިތު ކަމާއިއެކު ދެމިހުންނެވި ކަމަށާއި ރައީސް މައުމޫނު މިގައުމަށް ކޮށްދެއްވި ހިދްމަތްތައް އަބަދުވެސް ބަލައިގަންނަ ކަމަށާއި , އެހެން ނަމަވެސް މިއަދު ތާއީދު ކުރައްވާނީ ރައީސް ޔާމީން އަށް ކަމަށް ހާލާގެ ޕޯސްޓްގައި ލިޔުއްވާފައި އޮތެވެ.
މައުމޫނު އުޅުއްވަނީ ބާރުތައް ހޯއްދަވަން , ތާއީދު ކުރާނީ ރައީސް ޔާމީން އަށް- ހާލާ ހަމީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ