ދެކުނުގެ އަތޮޅު ތަކަށް މޫސުން ގޯސްވުމުން ވައިޓް އެލާޓް ނެރެފި

ރާއްޖޭގެ ދެކުނުގެ އަތޮޅު ތަކުގެ މޫސުން ގޯސްވުމާއި ގުޅިގެން ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތުން ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެތީ މިއަދު މެންދުރު 12:30 އިން ފެށިގެން ހަވީރު 5:30 ހަމައަށް ވައިޓް އެލާޓެއް މިހާރު ނެރިފައިވާ ކަމަށެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކުރާ ގޮތައް ބަލާއިރު މެދުތެރެއާއި ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި މީގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަަމށެވެ. އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރުފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ ވައިޖެހޭނީ އިރުއުތުރާއި އިރުން މެދެތެރޭ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 3 މޭލާ 13 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަަމށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ