ރައީސްގެ އުފާވެރި ޚަބަރެއް: ރަށްރަށުން ކަރަންޓު ކެނޑުން ހުއްޓުވަން ޖަނަރޭޓަރު ފޮނުވަނީ

ރާއްޖޭގެ ބައެއް ރަށްރަށުން ކަރަންޓު ކެނޑެމުންދާކަމަށާއި މި މައްސަލަ ހައްލުކުރުމަށް، ރާއްޖޭގެ ބައެއް ރަށްރަށަށް ވަރަށް އަވަހަށް ޖަނަރޭޓަރުތަކެއް ފޮނުވުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ތ. ވޭމަންޑޫގައި މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ ޖަލްސާގައި، އެރަށު ރައްޔިތުންނާ މުހާތަބުކޮށް ރައީސް މިހެން ވިދާޅުވެފައިވާއިރު، ރައީސް ވިދާޅުވެފައިވަނީ މި މަސައްކަތަކީ ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަސައްކަތެއްކަމުގައެވެ.
މީގެއިތުރުންވެސް، ރައީސް ވިދާޅުވެފައިވަނީ، ރާއްޖޭގެ ހުރިހާ ރަށެއްގެވެސް ކަރަންޓުގެ ފެންވަރު ރަނގަޅު ކުރެވިފައިވާކަމަށާއި އެހެންނަމަވެސް، ވޭމަންޑޫއެކޭ އެއްގޮތަށް، އެހެން ބައެއް ރަށްރަށުގައިވެސް ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނަކަމުގައެވެ.
"24 ގަޑިއިރު ކަރަންޓު ލިބިގެން ދަންޏާ، އެދަނީ ސަރުކާރުގެ ތެރެއިން. ވޭމަންޑޫގައިވެސް އަޅުގަނޑުމެން ޤާއިމްކުރިން 24 ގަޑިއިރުގެ ކަރަންޓު. އެކަމަކު އަޅުގަނޑަށް އެނގޭ ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ކަރަންޓު ކެނޑެމުންދާގޮތަށް ވޭމަންޑޫގައިވެސް ކަރަންޓު ކެނޑެމުންދޭ. އެހެންނަމަވެސް، މީގައިވެސް އުފާވެރި ޚަބަރު އަޚުގަނޑު ދަންނަވާނަން. އަޅުގަނޑުމެންގެ މި ރާއްޖޭގައި ކަރަންޓު ކެނޑެމުންދާ ރަށްރަށަށް، އަޅުގަނޑުމެން ޗައިނާ ސަރުކާރާއެކު ވަރަށް ގިނަ ވާހަކަ ދައްކައިގެން ... މިހާރު މާލޭގައި އެބަ ހުރި އަޅުގަނޑުމެން ގެނައި 34 ޖަނަރޭޓަރު" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ރައީސް ޔާމީން ވިދާޅުވެފައިވަނީ، ޚާއްޞަ އިހުތިފާލެއް ބޭއްވުމަށްފަހު، މި ޖަނަރޭޓަރު ރަށްތަކާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމުގައެވެ.
އިދިކޮޅު ވެރިކަމެއްގައި، ސަރުކާރު ހިއްސާވާ ކުންފުނިތައް އުވާލުމަށް ނުވަތަ އެތަންތަނުގެ އޮޕަރޭޝަނަލް މަސައްކަތްތައް ކުޑަކުރުމުގެ ވާހަކައަށް، މިއަދުވެސް ރައީސް ޔާމީން ވަރަށް ބޮޑަށް ރައްދު ދެއްވާފައިވެއެވެ. އެގޮތުން، ދިވެހި ޒުވާނުންނަށް އެންމެ ގިނައިން ވަޒީފާ ލިބޭ އެއް މަގަކީ، މި ކުންފުނިތައްކަމަށްވެސް، ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވެފައިވަނީ ރާއްޖޭގައި ކޮންޓްރޯލް އަގެއްގައި، ކާޑުގެ ބާވަތްތައް ވިއްކެނީވެސް، ސަރުކާރު ކުންފުންޏެއްގެ ތެރެއިން އެކަން ކުރާތީކަމުގައެވެ. އެހެންނަމަވެސް، އަމިއްލަ ފަރާތްތަކަށްވެސް، ކާޑު އެތެރެ ކުރުމުގައިވެސް ހުރަހެއް ނެތްކަމަށާއި އެހެންނަމަވެސް، ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުން ފެށިގެން، ސަރުކާރު ކުންފުންޏަކުން އެކަން ކުރަމުންދަނީ ސަބަބެއް އޮތުމުންކަމަށްވެސް ވިދާޅުވިއެވެ.
ހަމައެހެންމެ، ރާއްޖެއަކީ ކުޑަ ޤައުމެއްކަމަށާއި، ރާއްޖޭގެ އިޤުތިޞާދު ރަނގަޅަށް ހިންގުމަށްޓަކައި، ރާއްޖޭގެ އިޤުތިޞާދުގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުންވެސް މަސައްކަތް ކުރަން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކުރަން ބޭނުންވާ އެންމެ ބޮޑު އެއް މަސައްކަތަކީ ދިވެހި ޒުވާނުންނަށް ވަޒީފާ އުފައްދައިދިނުން. ވަޒީފާއެއް ނުއުފެއްދޭނެ އިޤުތިޞާދު ވަރުގަދަ ނުވެ. އިޤުތިޞާދު ވަރުގަދަވާކަމަށްވަންޏާ، އިޤުތިޞާދު ދަމަހައްޓަން... ދިވެހި ރާއްޖެކަހަލަ ކުޑަ ކުޑަ ރަށެއްގައި އަމިއްލަ ވިޔަފާރީގެ އިތުރުން ސަރުކާރުގެ ވިޔަފާރިވެސް ހުންނަން ވާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް މިއަދު އިތުރަށް ވިދާޅުވެފައިވަނީ، ރާއްޖޭގައި ރިސޯޓުތައްވެސް އިތުރުކުރަން ޖެހޭކަމަށާއި ރިސޯޓަކީ އިތުރުވާނޭ ތަންތަނެއް ނޫންކަމުގައެވެ. އަދި، ރިސޯޓު ހެދުމަށް އެކި މީހުންނަށް ރަށްރަށް ދީފައި، އެތަންތަން ނުހެދި ހުރުމަކީ، އެމަސައްކަތް ނެގި ބަޔަކަށް ކޮރަޕްޝަނުން ފައިދާތަކެއް ލިބޭކަމެއް ނުވަތަ އެކަމުން ނާޖާއިޒު ފައިދާތަކެއް ލިބޭނޭ ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަދު ވޭމަންޑޫގައި ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ