އަހަރީ ދުވަހުގެ މަރުހަބާ ނަޝީދު ދެންނެވުމުން މައުމޫން ޝުކުރު އަދާކުރައްވައިފި

ޕީޕީއެމްގެ އަހަރީ ދުވަހާއި ގުޅިގެން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޕީޕީއެމްގެ މެންބަރުންނަށް މަރުހަބާ ދެންނެވުމުން، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފިއެވެ.
ރައީސް ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ތަރައްގީ ލިބޭނެ ވެރިކަމުގެ ނިޒާމެއްގެ ވަސީލަތަކީ ސިޔާސީ ޕާޓީ ކަމަށާއި ޕީޕީއެމްގެ އަހަރީ ދުވަހު ޕީޕީއެމްގެ ރައީސް އަށާއި މެންބަރުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ނަޝީދު ކުރެއްވި ޓުވީޓާއި ގުޅިގެން މައުމޫން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ ނަޝީދުގެ މަރުހަބާ އަށް ޝުކުރު ދަންނަވާފައިވާ ކަމަށެވެ.
ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް ރަޖިސްޓްރީ ކޮށްފައިވަނީ 2011 ވަނަ އަހަރުގެ އޮކްޓޯބަރު 27 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ