ވަމީ އިން ބޭއްވި ސެމިނާ މިއަދު ހަވީރު ނިންމާލައިފި

ލިޔުނީ: ހުސެއިން ސާލިމްވާލްޑް އެސެމްބްލީ ފޯ އިސްލާމިކް ޔޫތްސް (ވަމީ) އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ގުޅިގެން  ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ ސެމިނާ މިއަދު ހަވީރު ނިމިއްޖެއެވެ.އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވުނު މި ސެމިނާގައި 48 އަށް ޒުވާނުން ވަނީ ބައިވެރިވެފައެވެ. މިސެމިނާގައި މަޝްވަރާކުރެވުނު ބައެއް ކަންތައްތަކުގެ ތެރޭގައި ޕްރޮޖެކްޓު މެނޭޖުކުރާނެ ގޮތްތަކާއި، އިސްނެގުމުގެ މުހިންމުކަމުގެ އިތުރުން އެ ހުނަރު އިތުރުކުރާނެ ގޮތްތަކާއި، ކޮލިޓީ މެނޭޖުމެންޓާއި ރަނގަޅު އިސްލާމީ މުޖުތަމައުއެއް ބިނާކުރާނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. މިސެމިނާގެ ޝިޔާރަކީ “ހީވާގި މުސްލިމް ޒުވާނުންތަކެއް އުފެއްދުން” މިއެވެ. ސެމިނާގައި މައުލޫމާތު ދެއްވާފައިވަނީ ވަމީގެ ސްރީލަންކާގެ ރީޖަނަލް އޮފީހުގެ ފަރާތުން 3 ބޭފުޅެއްގެ އިތުރުން އިސްލާމިކް މިނިސްޓަރީގެ ސްޓޭޓް މިނިސްޓާ އައްޝެއިޚް މުހައްމަދު ޝަޙީމު އަލީ ސައީދެވެ.މި ސެމިނާގައި ބައިވެރިވި ފަރާތްތަކުން ވަމީގެ ފަރާތުން މިފަދަ އެހެން ސެމިނާއެއް ބާއްވައިދިނުމަށް ވަނީ އެދިފައެވެ. އަދި މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭ މިފަދަ އެހެން އިވެންޓެއް ބާއްވާނެކަމުގެ އިޝާރާތެއް އެބޭފުޅުންވަނީ ސެމިނާގެ ބައިވެރިންނަށް ދެއްވައިފައެވެ. ސެމިނާ މިއަދު ހަވީރު ނިމުމާއެކު ސެމިނާގެ ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން އެރުވިފައެވެ.ވަމީއަކީ 1972 ވަނަ އަހަރު ސައުދީ އެރެބިޔާގައި އުފެދުނު ޖަމްޢިއްޔާއެކެވެ. މިހާރު ދުނިޔޭގެ 50 އަށްވުރެއް ގިނަ ޤައުމުގައި ވަނީ ވަމީގެ އޮފީސްތަށް ހުޅުވިފައެވެ. އެގޮތުން ދިވެހި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ސެމިނާ އަކީ ސްރީލާންކާގައި ގާއިމު ކުރެވިފައިވާ ވަމީގެ ރީޖަނަލް އޮފީހުން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ސެމިނާއެކެވެ. އެބޭފުޅުން މައުލޫމާތު ދެއްވާގޮތުގައި ސްރީލަންކާގެ ރީޖަނަލް އޮފީހުން މިހާތަނަށް މިފަދަ 1200 އަށްވުރެއް ގިނަ ޕރޮގުރާމު ވަނީ މިހާތަނަށް ހިންގައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ