ޖަރުމަންގެ ރޭސް ބްރެޒިލުން ހުއްޓުވައިފި

މެޗަކުން ބަލި ނުވެ، ގާތްގަނޑަކަށް ދެ އަހަރު ވަންދެން ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުން ކުރިއަށްގެންދާ ރޭސް ބްރެޒިލުން ހުއްޓުވައިފި އެވެ. ރޭ ޖަރުމަން އާ ދެކޮޅަށް ބްރެޒިލު މޮޅުވީ 1-0 ންނެވެ.
ބްރެޒިލްގެ މެޗުގެ ކުރިން ޖަރުމަން ޓީމު އެންމެ ފަހުން ބަލިވެފައި ވަނީ ޔޫރޯ 2016 ގެ ސެމީ ފައިނަލުގައި ފްރާންސް އަތުންނެވެ.
އަމިއްލަ ގައުމުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ސެމީ ފައިނަލުގައި ބްރެޒިލު ހިތްދަތި ގޮތަކަށް ސެމީ ފައިނަލުން ކެޓީ ޖަރުމަން އަތުންނެވެ. ޖަރުމަނުން މެޗު ކާމިޔާބު ކުރީ 7-1 ން ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ޖަރުމަންގެ ބާލިންއަށް ދިޔަ ބްރެޒިލުން ހޯދި މޮޅާއެކު މީގެ ހަތަރު އަހަރު ކުރީގެ ލަދުވެތި ނަތީޖާގެ މައްޗަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ބްރެޒިލަށް ލިބިގެން ދާނެ އެވެ. ގެބްރިއަލް ޖިސޫސް ލަނޑު ކާމިޔާބު ކުރީ ވިލިއަން ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
މެޗަކީ އެކުވެރި ކަމުގެ މެޗަކަށް ވުމުން، ޖަރުމަން ވެސް ކޯޗު ޔޯކިމް ލޯ މެޗު ބޭނުން ކުރީ ކުޅުންތެރިން ނަށް ފުރުސަތު ދިނުމަށާއި އާ ޕްލޭންތަކަށް ކުލެ ލުމަށެވެ. ނަމަވެސް ބްރެޒިލުން ލަނޑު ޖެހުމުން ޖަރުމަން ޓީމުންވެސް ވަނީ ބަދަލުތައް ގެނެސް ނަތީޖާ އަނބުރާލުމަށް މަސައްކަތް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ