އިނގިރޭސިވިލާތު ޕްރައިމަރީ ސުކޫލެއްގެ ކުދިން ވެލައިންޓައިންސް ޑޭ ފާހަގަ ނުކުރެވޭތީ ހިތްހަމަނުޖެހިފައި

އިނގިރޭސިވިލާތު ޕްރައިމަރީ ސުކޫލެއްގެ ކުދިން ވެލައިންޓައިންސް ޑޭ ފާހަގަ ކުރުން އެސުކޫލުން މަނާކުރުމާއި ގުޅިގެން އެކަމާއި އެކުދިންގެ ބެލެނިވެރިން ނުރުހުންފާޅުކުރަމުން އެބަދެއެވެ.އިނގިރޭސިވިލާތު ޕްރައިމަރީ ސުކޫލުން ވެލަންޓައިންސް ޑޭ ފާހަގަ ކުރުން މަނާކުރުމުގެ ގޮތުން ބުނެފައިވަނީ ‘ކުޑަކުދިން އަދި ވެލަންޓައިންސް ޑޭ ފަދަ ދުވަސްތައް ފާހަގަ ކުރުމަށް ތަސައްވަރު ނުފުދޭ ކަމަށާއި އަދި އެކުދިން ޅަ ކަމަށެވެ. އެހެނަސް ބެލެނިވެރިންގެ ބަސްމަގު މުޅުންތަފާތެވެ. ބައެއް ބެލެނިވެރިން ދެކޭގޮތުގައި އެކުދިންނަކީ ކުޑަކުދިންކަމުގައިވިޔަސް އެކުދިންގެ އުފަލަށް ހުރަސް އެޅިގެން ނުވާނެކަމާއި އެއީ ނާތަހުޒީބީ ގޮތެއް ކަމަށެވެ.4 އަހަރާއި 11 އަހަރުގެ ކުޑަކުދިން ކިޔަވަމުންދާ ސުކޫލުގައި ވެލަންޓައިންސް ޑޭ ފާގަހަ ނުކުރުން ވެގެން ދިޔައީ އެތުއްތު ކުދިންނަށާއި އެކުދިންގެ ބެލެނިވެރިންނަށް ވަރަށް ‘ހެއްވާ’ ކަމަކަށެވެ.ނާސަރީއިން ފެށިގެން ‘ގާލްފްރެންޑެއް’ ގެންގުޅޭ ކުއްޖެއްގެ މަންމަ އިނގިރޭސިވިލާތުގެ މީޑިއާއަކަށް ހާމަކުރި ގޮތުގައި، ‘އެފަދަ ގޮތަކަށް ސުކޫލުން ކަންތައް ކުރުމުން ރިލޭޝަންޝިޕް ބޭއްވުމުގެކަންކަން ކުދިންނަށް ދަސްވެގެން ނުދާނެކަމަށާއި އަހަރަކު އެއްފަހަރު އަންނަ މިފަދަ ދުވަހެއްގައި އެކުދިންނަށް އުފާކޮށްލަން ފުރުސަތު ލިބެން ޖެހޭނެ.’ ކަމަށެވެ. އަދި އެހެން ބެލެނިވެރިއަކު ހާމަކުރިގޮތުގައި ‘މިއީ އަހަރެމެންގެވެސް ދީނާއި ގުޅޭ ކަމެއްކަމަށާއި އަހަރެމެން ކުޑައިރު އަހަރެންނަށްވެސް ކުދިންގެ ފަރާތުން ކާޑާއި ހަދިޔާ ލިބުނުކަމަށާއި އެފަދަ ދުވަސްތަކެއް ދަރިންނަށްވެސް ދައްކަން ބޭނުންވާ’ ކަމަށެވެ.‘ވެލަންޓައިންސް ޑޭ’ ފާހަގަ ކުރުމަކީ މުސްލިމުން ކޮށްގެން ނުވާނެކަމެއް ކަމަށް އިސްލާމީ ޢިލްމުވެރިން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ