އައްޑޫ ކައުންސިލުން ރައްޔިތުން ބައްދަލު ކުރަނީ

އައްޑޫ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލު ކުރަން ބާއްވާ ބައްދަލުވުން މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.
ކައުންސިލުން ބުނީ އެ ބައްދަލުވުން އޮންނާނި އެރޭ 8:30 ގައި މަރަދޫ ބޮޑޮގޭގައި ކަމަށެވެ.
މި ބައްދަލުވުމުގައި މިއަހަރު ތެރޭގައި މިހާތަނަށް ކައުންސިލުން ހިންގިފައިވާ ހަރަކާތްތަކުގެ ރިޕޯޓް ހުށަހެޅުމާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ކަންތައްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޝްވާރާ ހޯދުން އޮންނާނެ އެވެ.
އެހެންވެ ބައްދަލުވުމުގައި އައްޑޫގެ ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވާން ކައުންސިލުން އެދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ