އިސްރާއީލާއި އެމެރިކާގެ ނުރައްކަލުން ފޯޑޯ ނިއުކްލިޔާ މަރުކަޒު ސަލާމަތްވެފައިވާ ކަމަށް އީރާން ބުނެފި

ތެހެރާން (މާޗް 20): އީރާނުގެ ފޯޑޯ ނިއުކްލިޔާ މަރުކަޒު އިސްރާއީލާއި އެމެރިކާގެ ނުރައްކަލުން ސަލާމަތްވެފައިވާ ކަމަށް އީރާނުގެ ތަޖްރިބާކާރުން ވިދާޅުވެއްޖެވެ.
އީރާނުގެ ޢަސްކަރީ ތަޖްރިބާކާރުންނާއި އިސް އިންޖިނޭރުންގެ ޓީމަކާ ޙަވާލާދީ އެޤައުމުގެ މީޑިޔާ ބުނިގޮތުގައި ފޯޑޯ ނިއުކްލިޔާ މަރުކަޒުވަނީ ފޯޑޯ ސަރަޙައްދުގެ ހިލަފަރުބަދަތަކުގެ އެތައް ސަތޭކަ މީޓަރު އަޑީގައ ކަމަށާއި އެމަރުކަޒު ޙިމާޔަތްކުރުމުގައި ހިލަފަރުބަދަތަކުގެ އިތުރުން 60 މީޓަރުގެ ބޯމިނުގެ ކޮންކްރީޓް ސީލިންތަކެއް ލެވިފައިވާ ކަމުގަ އެވެ.
މިފެންވަރުގެ ހިލަފަރުބަފަތަކާއި ކޮންކްރީޓް ހަލާކުކޮށްލުމުގެ ޤާބިލްކަން ނިއުކްލިޔާ ހަތިޔާރުގައި ވެސް ނުހުންނާނެ ކަމަށާއި ފޯޑޯ ނިއުކްލިޔާ މަރުކަޒު ޙިމާޔަތް ކުރެވިފައި ވަނީ ނިއުކްލިޔަ ޙަމަލާތަކުން ވެސް ސަލާމަތް ކުރެވޭ ފެންވަރަށް ކަމަށް އީރާނުގެ ކަމާ ބެހޭ ދާއިރާތަކުން ބުނެ އެވެ.
ނިއުކްލިޔަ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މިންވަރަށް ޔޫރޭނިޔަމް ފައްކާކުރުމަށާއި އެޔޫރޭނިޔަމް ޕޮލޮޓޯނިޔަމް އަށް ބަދަލުކުރުމަށް އީރާނުން ބޭނުންކުރާ ނިއުކްލިޔަ ލެބޯޓްރީތައް ހުންނަނީ ފޯރޑޯ ނިއުކްލިޔާ މަރުކަޒުކަމަށް އެމެރިކާ އާއި އިސްރާއީލުން ތުހުމަތުކުރެ އެވެ. އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭނެ ކަމުގެ އިންޒާރު ދޭ ދެ ޤައުމަކީ އެމެރިކާއާއި އިސްރާއީލެވެ.
ނަމަވެސް މިކަމުގެ ކުޑަވެސް ހެއްކެތް މިދެޤައުމަށް ދެއްކިފައެއްނުވެ އެވެ. އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ ންވަނީ ފޯޑޯ ނިއުކްލިޔާ މަރުކަޒުތަކަށް އެ އެޖެންސީގެ އިނިސްޕެކްޓަރުން ކުއްލި ގޮތަކަށްވަދެ ބަލައި ފާސްކުރުމުގެ ފުރުސަތު ދިނުމަށް އީރާނުގެ ކިބައިންއެދިފަ އެވެ. އީރާނުން ވަނީ މިކަމަށް ދެކޮޅު ހަދާފަ އެވެ. ނަމަވެސް ކުރިން އަންގައި މުއްދަތެއް ދީގެން މިފުރްސަތު ދެވިދާނެ ކަމަށް އީރާނުން ބުނެ އެވެ.
އީރާނުންވަނީ ބޭނުންވެއްޖެ ނަމަ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ޤާބިލްކަން އެޤައުމަށް ލިބިގެންވާކަމަށް ދާދިފަހުން އެއްބަސްވެފަ އެވެ. ނަމަވެސް ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ އެއްވެސް ސިޔާސަތެއް ނުގެންގުޅޭ ކަމަށާއި އީރާނުގެ ނިއުކްލިޔާ މުޅި ޕްރޮގްރާމަކީ ސުލްޙަވެރި ބޭނުންތަކަށް ޚާއްސަކޮށްފައިވާ ޕްރޮގްރާމެއް ކަމަށް އެޤައުމުން ބުނެ އެވެ.
އެމެރިކާ އާއި އިސްރާއީލާ އަދި ޔޫރަޕްގެ ބޮޑެތި ބާރުތަކުން ގެންދަނީ ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ޕްރޮގްރާމެއް ހިންގަމުން ގެންދާކަމުގެ ތުހުމަތު އެޤައުމުގެ މައްޗަށް ކުރަމުންނެވެ. ނަމަވެސް މިއީ ސިޔާސީ ތުހުމަތުތަކެއް ކަމަށް އީރާނުން ބުނެ އެވެ. (އަލްޢާލަމް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ