2018 ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ބޭނުންކުރާ ހަކަތައިގެ 30 ޕަސެންޓުގެ ގޮތުގައި ބޭނުން ކުރާނީ އިޔާދަ ކުރަނިވި ހަކަތަ ކަމަށް އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގދ. ގައްދޫއަށް ބޯފެނުގެ ނިޒާމް އިފްތިތާހު ކުރުމަށް މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޠާރިގު ވިދާޅުވީ 30 ޕަސެންޓް އިޔާދަ ކުރަނިވި ހަކަތ އަށް ބަދަލު ކުރުމަކީ ރައީސް ޔާމިން ވަރަށް އިސްކަން ދެއްވައިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.
މިއަދު ގައްދޫގައި އިފްތިތާހު ކުރި ބޯފެނުގެ ނިޒާމުގައި ލޮނުފެން އުފައްދާ ޕްލާންޓުގައި ބޭނުން ކުރާނީ އިޔާދަ ކުރަނިވި ހަކަތައެވެ.
އަދި ރާއްޖޭގެ ދެން ހުރި ރަށްތަކާ ހިލާފަށް މިރަށުގައި ވާރޭ ވެހޭއިރު ސަރުކާރުގެ މުއައްސަސާތަކުން ވާރޭ ފެން ނަގައިގެން ގޮސް ޑީސަލިނޭޓު ކުރުމަށް ފަހު ރައްޔިތުންނަށް ފޯރުކޮށްދޭނީ އެފެނެވެ.
އަދި ވާރޭ ފެން ހުސްވުމުން ލޮނުފެން މީރުފެނަށް ބަދަލުކޮށްގެން އެފެން ފޯރުކޮށްދޭނެއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޔާމިން ވެރިކަމަށް ހަވާލުވެވަޑައިގެންނެވި އިރު މުޅި ރާއްޖޭގައި ބޭނުން ކުރަމުން ދިޔައީ ދެ މެގަވޯޓްގެ އިޔާދަ ކުރަނިވި ހަކަތަ ކަމަށެވެ.
ނަމަވެސް އެ އަދަދު މިހާރު ވަނީ ހަތަރަކަށް މަތި ކުރެވިފައި ކަމަށް ޠާރިގު ވިދާޅުވިއެވެ.
2018 ގެ ކުރިން ކޮންމެ ރަށެއްގެ ހަކަތައިގެ 30 ޕަސެންޓް ވާނީ އިޔާދަ ކުރަނިވި ހަކަތައަށްަ: ޠާރިގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ