ރައީސް ޔާމީން އުފައްދަވާ އައު ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީއިން ދީފި

ރައީސް ޔާމީން އިސްވެ ހުންނަވައި އަލަށް އުފައްދަވާ ސީޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފި އެވެ.
އެލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ “ޕީޕަލްސް ނޭޝަނަލް ފްރަންޓް” ގެ ނަމުގައި، އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރުމުގެ ހުއްދަ، މއ. ކާމިނީހުޅަގުގެ، ޒެއިން ޢަބްދުﷲ ޔާމީނަށް މިއަދު ދީފައިވާ ކަމަށެވެ. ޒެއިން ޢަބްދުﷲ ޔާމީން އަކީ ރައީސް ޔާމީންގެ ދަރިކަލުންނެވެ.
އީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕާޓީ އުފެއްދެވުމުގެ ހުއްދަ ޕީއެންއެފްއާއި ހަވާލުކޮށްދެއްވީ އީސީގެ ރައީސް ފުއާދު ތައުފީގް އެވެ. އަދި ޕީއެންއެފްގެ ފަރާތުން ހުއްދަ އާއި ހަވާލުވެވަޑައިގެންނެވީ އެޕާޓީ އުފެެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު މަލީހް ޖަމީލް އެވެ.
“ޕީޕަލްސް ނޭޝަނަލް ފްރަންޓް” ގެ ނަމުގައި، އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތްކުރުމުގެ ހުއްދަ، މއ. ކާމިނީހުޅަގުގެ، ޒެއިން ޢަބްދުﷲ ޔާމީނަށް މިއަދު ކޮމިޝަނުން ދީފި. pic.twitter.com/ExDdnOwTqj
— Elections Commission (@ElectionsMv) November 29, 2023
ޕީއެންއެފް ރަޖިސްޓްރީ ކުރުމަށްޓަކައި ގާނޫނުގައި ބުނާގޮތުން ޕާޓީ އުފެއްދުމުގެ ހުއްދަ ދިން ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި 3،000 މެމްބަރުންގެ ސޮއި ހަމަކުރަން ޖެހެ އެވެ. މިއާއި އެކު އެމަސަައްކަތް މިއަދު ފައްޓަވާފައިވާ ކަން އެޕާޓީއިން ވަނީ ހާމަކޮށްފައެވެ.
އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ޔާމީން ކުރައްވާކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރުމަށް ފަހު ހަމަ އެ ދުވަހު ވަނީ ޕާޓީގެ ނަމާއި އަސާސީ ގަވާއިދާއި ލޯގޯ ކަނޑައަޅާފަ އެވެ. އަދި ޕާޓީގެ ނަން އިއުލާނު ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.
ރައީސް ޔާމީން އައު ޕާޓީއެއް އުފައްދަވަން ނިންމެެވީ އެމަނިކުފާނު އިސްވެ ހުންނަވައި އުފެއްދެވި ޕީޕީއެމް އާއި ޕީއެންސީއިން އެމަނިކުފާނާއި މެދު އިހާނެތިކޮަށް ހިތާފައިވާ ކަމަށްބުނެއެވެ. އަދި މިދިޔަ ހަފްތާގައި ރައީސް ޔާމީން ވަނީ ޕީޕީއެމްއިން ވަކިވެވަޑައިގެންފައި އެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ