އުއްމީދަކީ ސްކޫލް ޓާރމް ފެށުމުގެ ކުރިން އަމިނީ މަގު ބޭނުން ކުރަން ފެށުން: ޑރ. މުއްތަލިބު

ކުރިއަށް އޮތް ސްކޫލް އައު ޓާމް ފެށުމުގެ ކުރިން ތާރުއަޅާ ނިންމިމަށްފަހު އަމީނީ ބޭނުންކުރަން ފެށުމަށް އުއްމީދުކޮށް މަސައްކަތްކުރަމުންދާކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މަގު ނިންމުމަށް މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އަމީނީ މަގުގެ މިހާރު ހަދަމުންދާ ބަޔަކީ ބޮޑެތި ބަސް ދެކޮޅަށް ދުއްވާ ބަޔަކަށްވުމާއެކު މަގު ހަދަނީ ދަނީ އިތުރަށް ފުޅާކޮށްކަމަށެވެ.
އަމީނީ މަގުގެ ފަހު ދެ ސެގްމެންޓުގެ މަސައްކަތް ފެށިތާ ދުވަސްކޮޅެއް ފާއިތުވެފައިވާއިރު އެ މަޝްރޫއުގެ ފަސްދޮޅަސް އިންސައްތައަށްވުރެ ގިނަ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށް އާރޑީސީްން ބުނެއެވެ. އަދި އެ މަސައްކަތް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާކަމަށާއި ބާރު ދުވެލީގައި މަސައްކަތް ފުރިހަމަވަމުން އަންނަކަމަށް އާރްޑީސީން ބުނެއެވެ.
މީގެއިތުރުން އާރްޑީސީން ބުނީ މިހާރު ކުރިއަށްދަނީ މަގުގެ ޕަންޕް ސްޓޭޝަންތައް ހެދުމުގެ މަސައްކަތް ކަމަށާއި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށެވެ.
އާރްޑީސީން އިތުރަށް ބުނީ މަގުގައި ކަނޑާ ކޮންމެ ގަހަކަށް އިތުރު ގަހެއް އެ މަގުގައި އިންދަމުންދާކަމަށާއި މުސްތަގްބަލުގައި އެމަގުގައި އިންދޭ ގަސްތަކަކީ ރީތި ހިޔާދޭ ގަސްތަކަކަށް ވެގެން ދާނެކަމަށެވެ.
އަމީނީ މަގުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ "ހަފްތާ 14"ގައި ހިމެނޭ މަސައްކަތަކަށްވާއިރު އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މިމަޝްރޫއު އަކީ ސަރުކާރުން ހަރަދުކުރާ 84.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ