ބ. ކެންދޫ ފަޅު ތެރޭގައި ހުރި ދޯންޏެއްގައި ރޯކޮށްލި މައްސަލާގައި ޓެރަރިޒްމްގެ ދައުވާ އުފުލާފައިވާ މީހާއާ ދެކޮޅަށް ދައުލަތުން ގިނަ ހެކިތަކެއް ހުށަހަޅައިފި އެވެ. މި ދައުވާ އުފުލާފައިވަނީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުލް ބާރީ ޔޫސުފުގެ ބޭބެ އަބްދުލް ސަލާމް ޔޫސުފްގެ މައްޗަށެވެ.
މިއަދު ބޭއްވި މި މައްސަލައިގެ އަޑު އެހުމަކީ ހެކި ހުށަހެޅުމަށް ބޭއްވި އަޑު އެހުމެކެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ ސަލާމް ޔޫސުފްގެ މައްޗަށް 24 ހެއްކެއް ހުށަހަޅާފަ އެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި ހަ ސިއްރު ހެއްކެއް ވެސް ހިނެއެވެ. ދިފާއުވުމަށް ސަލާމްގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެ އެވެ.
ސަލާމްގެ މައްޗަށް އުފުލާފައިވާ ދައުވާގައިވަނީ 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ކެންދޫ މާހޯރަ ދޯނީގައި ރޯ ކޮށްލުމުން އަލިފާންގަނޑު ފެތުރެމުން ގޮސް ސަރަކަ ނަމަކަށް ކިޔާ ދޯންޏަކާއި ފެހިވިނަ ނަމަކަށް ކިޔާ ލޯންޗެއްގައި ރޯވެފައިވާ ކަމަށެވެ.
އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އެވެ. އެއީ ހެކި ބަސް ނެގުމަށެވެ.
ގާޒީ ބާރީގެ ބޭބެގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރަން ގިނަ ހެކިތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ