އެލްޖީއޭއިން ތިނަދޫ ކައުންސިލުގެ ވެރިން ސަސްޕެންޑް ކުރީ ގާނޫނާ ހިލާފަށް: އެމްޑީޕީ
ތިނަދޫ ސިޓީ ކައުންސިލްއަށް ތުހުމަތުވާ ސީރިއަސް ކަންތައްތަކެއް ބެލުމަށް ފަހު، އެ ކައުންސިލްގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ނިންމި ނިންމުން އިދިކޮޅު އެމްޑީޕީ އިން ކުށްވެރިކޮށްފި އެވެ.އެލްޖީއޭ އިން ބުނީ ތިނަދޫ ކައުންސިލާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމަށް ނުކުޅެދިފައިވާ ކަމަށާއި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފާފައިވާ ކަމަށެވެ. އެގޮތުން ކައުންސިލަރުންގެ ސުލޫކީ މިންގަނޑާއި ހިލާފަށް ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރާއި މެމްބަރުން އަމަލުކޮށްފައިވާކަން ފާހަގަކޮށް އެލްޖީއޭގެ ރިޕޯޓްގައި ވަނީ 19 މައްސަލައެއް ހިމަނާފަ އެވެ.ފާހަގަކޮށްފައިވާ ބައެއް މައްސަލަތައްސަރުކާރުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުންތިނަދޫގެ ރަށްވެހިކަމުން ވަކިވާ މީހުންގެ އަތުން 5،000 ރުފިޔާގެ ފީއެއް ހުއްދައެއް ނެތި ނަގަން ނިންމުންދައުލަތުގެ އިދާރާތަކާއި އަތޮޅު ކައުންސިލުން ބޭނުންވާ މައުލޫމާތު އެ އިދާރާތަކާ ހިއްސާނުކުރުންއަތޮޅު ކައުންސިލްގެ އެންގުންތަކަށް އަމަލުނުކުރުންކައުންސިލުގެ ބިޑް ކޮމިޓީ އާއި ބިޑް އިވެލުއޭޝަން ކޮމިޓީއަށް ފިނޭންސް މިނިސްޓްރީގެ ހުއްދަ ނެތި އެލަވަންސެއް ދިނުންއޭސީސީގެ ތަހުގީގަށް ތިނަދޫ ކައުންސިލުން އެއްބާރުލުން ނުދިނުންކައުންސިލުގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކޮށްގެން ނުވާނެ ޕޯސްޓްކުރުންތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާ ނެތި ހުޅުވާލުންކައުންސިލުން އިއުލާންކޮށްގެން ހެދި މޮނިއުމަންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެކައުންޓަކަށް ޖަމާކުރުއެލްޖީއޭ އިން ވަނީ ތިނަދޫ ކައުންސިލްގައި ހުރި މައްސަލަތަކާ ގުޅިގެން ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާތީ މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް މޭޔަރު ސައުދި ތިން މަސް ދުވަހަށް އަދި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފަ އެވެ. މީގެއިތުރުން ކައުންސިލަރުން ކަމަށްވާ އަހުމަދު ވަހީދާއި މުހައްމަދު ޒަލީފް އަބްދުﷲއާއި އައިމިނަތު ނަސީމާގެ އިތުރުން އަހްމީމާ އަހްމަދަށް ނަސޭހަތްތެރިވުމާ އެކު، މުސާރައިގެ ގޮތުގައި އިތުރަށް ދޫކޮށްފައިވާ ފައިސާ ދެ މަސް ދުވަހުގެ ތެރޭގައި އަނބުރާ ކައުންސިލަށް ދެއްކުމަށްވެސް އަންގާފައިވެ އެވެ. އަދި ތިނަދޫ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ޖީޒާ ހަސަންއަށްވެސް ނަސޭހަތްތެރިވުމާ އެކު ގަވާއިދާ ހިލާފަށް ނެގި އެލަވަންސާއި ފައިސާ އަނބުރާ ރައްދުކުރުމަށްވެސް އަންގާފައިވެ އެވެ. އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނީ ތިނަދޫ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކޮށްފައި ވަނީ އެއްވެސް އަސާސެއް ނެތި ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ. މިއީ އަންނަ ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެ ކައުންސިލްގެ އަގުވައްޓާލައި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންގެ ބާރުތައް ކަނޑުވައިލަން ކޮށްފައިވާ ކަމެއް ކަމަށް އެމްޑީޕީން ބުންޏެވެ.މައްސަލަތައް ބެލުމަށް ތިނަދޫ ސިޓީ ކައުންސިލުން އެލްޖީއޭ އަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށް އެ ކައުންސިލުން މައުލޫމާތުދޭ ކަމަށާއި ނަމަވެސް އެއްވެސް އިންޒާރެއް ދިނުމެއް ނެތި މިއަދު އަވަސް އަރުވާލައިގެން ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.އެމްޑީޕީން ބުނި ގޮތުގައި މިހާތަނަށް އައިއިރު ސިޓީ ކައުންސިލްގެ އިދާރީ ހިންގުން އިސްލާހު ކުރަން އެއްވެސް ފިޔަވަޅެއް އަޅަން އެލްޖޭއޭ އިން އަންގާފައެއް ނުވެ އެވެ."މިއަދު އޮފީސް ބަންދުކުރިއިރު ވެސް މިފަދަ ފިޔަވަޅެއް އަޅާފައިވާ ކަން އެލްޖީއޭގެ ފަރާތުން ތިނަދޫ ކައުންސިލަށް ރަސްމީކޮށް އަންގާފައެއް ނުވެ އެވެ. އެލްޖޭއޭ އިން މަސައްކަތް ކުރަމުންދަނީ މި ޣައިރު ގާނޫނީ ފިޔަވަޅު އުވައިލުމަށް ކޯޓަށް ދިޔުމަށް ތިނަދޫ ކައުންސިލަށް ފުރުސަތު ނުދިނުމަށް ކަމަށް މި ޕާޓީން ދެކެމެވެ." އެމްޑީޕީން ބުންޏެވެ.ކައުންސިލްތަކަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށް ސަރުކާރުން އަޅަމުންދާ ހުރަސްތަކާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހާއި ކޯޓުތައް މެދުވެރިކޮށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެމްޑީޕީން ކައުންސިލްތަކަށް ދީފައި ވެ އެވެ. އަދި އެލްޖީއޭ މެދުވެރިކޮށް ސަރުކާރުން ކައުންސިލްތަކާ ދެކޮޅަށް އަޅަމުންދާ ޣައިރު ގާނޫނީ ފިޔަވަޅުތަކާ ދެކޮޅަށް ތެދުވުމަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އެމްޑީޕީން ގޮވާލި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ