ގާޒީ ސްކޫލުގެ ކްލާސް ރޫމްތަކުގައި ކަރަންޓު ކެނޑޭ މައްސަލައަށް އަހަރެއް

ހުޅުމާލެ ގާޒީ ސްކޫލުގެ ކްލާސް ރޫމްތަކުގައި ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑި ދަރިވަރުން ގަދަ ހޫނުގައި ކިޔަވަމުންދާތާ އަހަރެއް ވެއްޖެ ކަމުގެ މައުލޫމާތު ”ބޮންތި“ އަށް ލިބިއްޖެއެވެ.
ގާޒީ ސްކޫލުގެ ޕީޓީއޭ މެންބަރެއްގެ ފަރާތުން އެނގުނު ގޮތުގައި އެ ސްކޫލުގެ އެކި ކްލާސް ރޫމްތަކުގައި ކަރަންޓު ކެނޑުމުގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އަދި ސްކޫލުގެ ވެރިން ކައިރީގައި އެކިފަހަރު މަތިން ޝަކުވާ ކުރުމުންވެސް އެކަމަށް ހައްލެއް ގެނެވިފައިނުވާކަން އޭނާ ފާހަގަކުރިއެވެ.
ކަރަންޓު ކެނޑެނީ ސީދާ ކޮން ސަބަބަކާހުރެ ކަން ސްކޫލްގެ އިސްވެރިން ހާމަ ނުކުރާކަމަށްވެސް ޕީޓީއޭގެ މެންބަރު ވަނީ ބުނެފައެވެ.
ކަރަންޓުގެ މައްސަލައިގެ އިތުރުން ދަރިވަރުން ކިޔަވަން ބޭނުންކުރާ މޭޒުތަކުގައި ކަތުރުފަނި އަޅައި، ދަރިވަރުންގެ އަތަށާއި ގަޔަށް އެ ފަނިތައް އަރައިގެން ބައެއް ދަރިވަރުން އެލާޖިކް ވެފައިވާ މައްސަލަތައްވެސް ވަނީ ފެންމަތިވެފައެވެ.
މިމަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ”ބޮންތި“ އިން ވަނީ އެދިފައެވެ. އެ މައުލޫމާތު ލިބުމުން އެމިނިސްޓްރީގެ ބަސް މި ނޫހުން ހާމަކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ