ބަލިމީހުންނަށް ޒިޔާރަތްކުރާއިރު ގެންދަން ނުވަތަ ދުރުގައި ހުރެގެންވެސް ދޭން އެންމެ ގައިދާހުރި ހަދިޔާ!

ކާތް މީހަކު ބަލިވެ އުޅޭކަން އެނގުނަސް ޒިޔާރަތްކުރަން ގިނަ ބައަކު ޖެހިލުންވާ އެއް ސަބަބަކީ ގެންދާނެ ހަދިޔާއެއް އަތުގައި ނެތުމެވެ. މާލީ ޙާލަތު ހުންނަ ގޮތުން އެހީތެރިވެދެވެން ނެތުމެވެ. ނަމަވެސް މިއީއެއްވެސް މައްސަލައެއް ނޫނެވެ. 
ކިޔުންތެރިންގެ ހަނދާނަށް މިގެނެސްދެނީ ބަލި މީހުންނަށް ޒިޔާރަތްކުރާއިރު ފަޤީރުކަމުން ދޭނެ ހަދިޔާއެއް ނެތުމުން ހެޔޮދުޢާ "ބަހަމުން" ދިއަ މީހަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކައެވެ. ޢިބްރަތް ޙާޞިލުކުރައްވާށެވެ!   
ފުރަތަމަ ކަމަކީ ބަލިމީހުންނަށް ޒިޔާރަތް ކުރުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ އެންމެ ބޮޑު އެއް ޙައްޤެއްކަމެވެ. އެ ޙައްޤު އަދާކުރުމަކީ ﷲ ތަޢާލާ ނުހަނު މަތިވެރި ނިޢްމަތްތައް ދެއްވަވާ ކަމެކެވެ.   
ބަލިމީހުންނަށް ޒިޔާރަތް ކުރުމުގެ މަންފާ ނުވަތަ ﷲ ތަޢާލާ ދެއްވަވާނެ ޘަވާބު އެނގޭނަމަ ނުވަތަ އެކަމުން ލިބެން އޮތް ފައިދާ އެނގޭނަމަ ކޮންމެ މީހަކުވެސް އެކަންކުރުން ގިނަކުރާނެއެވެ. 
Prophet (peace and blessings of Allaah be upon him) said:
“There are five duties that the Muslim owes to his brother Muslim,” one of which is visiting the sick. According to another version: “The rights of one Muslim over another are…” Al-Bukhaari said: Chapter on the obligation of visiting the sick, and he narrated the words of the Prophet (peace and blessings of Allaah be upon him): “Feed the hungry, visit the sick and free the captives.” End quote.   
ޙަދީޘްފުޅުގައި އޮތީ "ބަލިމީހުންނަށް ޒިޔާރަތްކުރާ މީހާ އެގެންދަނީ ސުވަރުގޭގައި މޭވާގަސްތައް ހައްދަމުންނެވެ. އެމީހަކު އެނބުރި އަންނަންދެންނެވެ." 
Prophet (peace and blessings of Allaah be upon him):
“When the Muslim visits his (sick) Muslim brother, he is harvesting the fruits of Paradise until he returns.” Narrated by Muslim, 2568.   
ގިނަ ބައަކު ތިބި މަޖިލީހެއްގައި އިން މީހަކަށް ނިޞްބަތްކޮށް މީހަކު ބުންޏެވެ. "މީނާއަކީ ކޮންމެ ދުވަހަކު ހޮސްޕިޓަލަށް ގޮސް އެތަނުގައި ތިބޭ ބަލި މީހުންގެ ގާތަށް ގޮސް ހާލު އަހައި އުޅޭ މީހެކެވެ. ނަމަވެސް ދުވަހަކުވެސް ބަލިމީހަކަށް އެއްވެސް އެއްޗެއް ދިއްކޮށްލާ ތަނެއްވެސް ނުފެނެއެވެ. ވީއިރު އެއީ ކީއްކުރަން ކުރާ ކަމެއް ހެއްޔެވެ؟" 
އެވަގުތު އެމަޖިލީހުގައި އެންމެ އިސްކޮށް އިންނެވި ޝައިޚް އެ ސުވާލު ނިޞްބަތްކުރެވުނު މީހާގެ ކިބައިން ޖަވާބަކަށް އެދިވަޑައިގެންނެވުމުން އޭނާ ދެންނެވިއެވެ.
"އަޅުގަނޑަކީ ވަރަށް ނިކަމެތި ފަޤީރަކީމެވެ. ދިރިއުޅެނީ ވަރަށް ފަޤީރު ޙާލުގައެވެ. އެހެންކަމުން އެމީހުންނަށް ޒިޔާރަތް ކުރި ނަމަވެސް އެއްޗެއް ނުދެވެނީ އެވެ. ދޭނެ ހަދިޔާއެއް ނުލިބުނު ނަމަވެސް އަޅުގަނޑު އެކަން ކުރަނީ އެއީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭނެ ޙައްޤެއް ކަމަށް ހަދީޘްފުޅުގައި އޮތުމުން އެ ޙައްޤު އަދާކުރުމަށެވެ. އެމީހާ އެބުނާ ވާހަކައަކީ މުޅިއަކުން ތެދެއްވެސް ނޫނެވެ. އަޅުގަނޑު ކޮންމެ މީހަކަށްވެސް ވަރަށް އަގު ބޮޑު ހަދިޔާއެއް ދެމެވެ. އެއީ އަޅުގަނޑުގެ ހެޔޮ ދުޢާއެވެ. ހަމަ ކޮންމެ މީހަކާއިވެސް ވަކިވަނީ އެމީހަކަށް އަވަސް ޝިފާޢަކަށް އެދި ދުޢާކޮށްފައެވެ. ހެޔޮ ރަޙްމަތްފުޅު މިންވަރު ކުރެއްވެވުން އެދިވެސް ދުޢާ ކުރަމެވެ. 
މުއްސަނދިން ހަދިޔާ ބަހަނީ ކޮންމެވެސް ކަމެއް ފާހަގަކުރާށެވެ. އަހަރުގެ މަދު ދުވަސަތަކެއްގައެވެ. އަޅުގަނޑު ގަދަވެ ސަލާމަތުން ހުރި ނަމަ ކޮންމެ ދުވަހަކު ޢަބްރުނަމާދުން ފައިބައިގެން 2 ގަޑިއެއް ހައިއިރު އަޅުގަނޑުގެ ހަދިޔާ ބަހަމެވެ."
ޝައިޚް ވިދާޅުވިއެވެ. "ބަލިމީހުންނަށާއި ދަތި ހާލުގައި އުޅެންޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. އެއީ ކުރެވޭ ވަރަށް މަތިވެރި ޞަދަޤާތެކެވެ. ހަމަ އެއާއެކު އޭނާ އެބަހަނީ އަދި މާ އަގުބޮޑު ޞަދަޤާތެކެވެ. އެ ޞަދަޤާތުގެ ސަބަބުން ބަލިމީހާއަށާއި ޞަދަޤާތްކުރި މީހާއަށް ވެސް ފައިދާކުރާނެ ޞަދަޤާތެކެވެ. އެއީ ހަމަ ކޮންމެ މީހަކުވެސް ބަހަން ޖެހޭ ޞަދަޤާތެކެވެ. ތަނަވަސްކަންހުރިނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްފަހުގައިވެސް ބަހަންޖެހޭ ޞަދަޤާތެކެވެ."
ޝައިޚުގެ ވާހަކަފުޅު އަޑު އިވުމުން އެމަޖިލީހުގައި އިން މުއްސަނދި ވިޔަފާރިވެރިއަކު ބުންޏެވެ. "ތިބާ ތިއަ ބަހާ ޞަދަޤާތުގައި ބައިވެރިވާން އަހަރެންވެސް ބޭނުމެވެ. ވީމާ އަހަރެންވެސް ބައިވެރިކޮށްދޭށެވެ. ކޮންމެ ދުވަހަކުވެސް ޢަޞްރު ނަމާދުން ފައިބައިގެން އަހަރެންގެ ފިހާރައަށް އަންނާށެވެ. އަހަރެންނަށް އެދުވަހަކު ދެވެން އޮތް ވަރަކަށް ތިބާގެ އަތުން ބަހާނެ ހަދިޔާ ދޭނަމެވެ. ދެން ތިބާގެ ހިތުން ބަހަމުން ތިއަ ގެންދާ ބައި ހަމަ ހިތުން ބަހަމުން ގެންދާށެވެ. އަހަރެން ދޭ ހަދިޔާ ތިބާގެ އަތުން ބަހައިދޭތީ އެކަމަށް އުޖޫރައެއްގެ ގޮތުން ކޮންމެ މަހަކުވެސް ރަނގަޅު ހަދިޔާއެއް ދޭނަމެވެ. ﷲ އިރާދަ ކުރެއްވިއްޔާ ތިބާގެ ދުލުން "ތިމަންނާއަކީ ވަރަށް ނިކަމެތި ހާލުގައި އުޅެމުންދާ ފަޤީރެކެވެ." ބުނަން ނުޖެހޭނެވަރު ކޮށްދޭނަމެވެ. 
މިކިޔައިދިން ވާހަކައިން ޙާޞިލުކުރަން ޖެހޭ 2 ޢިބްރަތެއް ވެއެވެ. ފުރަތަމަ ކަމަކީ ބަލިމީހުންނަށް ޒިޔާރަތްކުރަންވީ ހަމައެކަނި އަތުން ހަދިޔާ ބަހަން ނޫން ކަމެވެ. ބަލި މީހުންނަށް ޒިޔާރަތްކޮށް ހެޔޮ ދުޢާ ކުރުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަންޖެހޭ ޙައްޤެއް ކަމެވެ. ދެވަނަ ކަމަކީ އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާ އަންގަވާފައިވާ ކަންކަން ކުރުންމަތީގައި ދެމިހުންނަ މީހަކަށް ނުވެސް ވިސްނޭނެ ފަދަ ގޮތްގޮތުން ﷲ ތަޢާލާ ރަޙްމަތްފުޅު މިންވަރުފުޅު ކުރައްވަވާނެ ކަމެވެ. 
-  އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ