ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މަޖީދީމަގުގައި ހުންނަ މާލެ ގްރޭންޑު ކުރިމަތިން މަގު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ.
މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ބުނީ، މަޖީދީމަގު ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ބްލޮކްތަކަށް ބަހާލައިގެން ފުރަތަމަ ބްލޮކްގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.
މިގޮތުން މި މަސައްކަތަށްޓަކައި، 28 ޑިސެމްބަރު 2024 އިން ފެށިގެން 04 ޖަނަވަރީ 2025 ގެ ނިޔަލަށް މަޖީދީމަގު، ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށް ޓްރެފިކް ފްލޯއަށް ބަދަލު ގެނެވިފައިވާކަމަށް އެކައުންސިލުން ބުނެއެވެ.
Advertisement
ޓްރެފިކް ފްލޯ އަށް ގެނައި ބަދަލު-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސިލުން ވަނީ މިކަމުގެ ސަބަބުން އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.
ވާރޭވެހި މަޖީދީމަގުގެ އެންމެ ބާރުބޮޑުވާ ސަރަހައްދުގައި ފެންބޮޑުވާ މައްސަލައަކީ އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުގެ ވަރަށްބޮޑު ޝަކުވާއެކެވެ. މަޖީދީމަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެމަގުގައި ހުރި ގާތަށް ނަގައި އަލުން ގައު އަތުރާ ނިންމާލާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މަޖީދީމަގު ހެދުމުގެ މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ އޮކްޓޯބަރުމަހުއެވެ. މަޖީދީމަގުގައި ގައު އަތުރާ ނިންމައި ކާނުތައް އަލުން ހެދިނަމަވެސް ފެން ހިނދޭލެއް ލަސްކަން ފާހަގަކޮށްލެވެއެވެ.
ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް މަޖީދީމަގުން ބައެއް ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލުތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ