ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
2024 ޑިސެމްބަރ 26 ވަނަ ދުވަހު ތައިލޭންޑްއިން ރާއްޖެއައި އުމުރުން 41 އަހަރާއި 21 އަހަރުގެ ދިވެހި 2 ފިރިހެން ފަސިންޖަރުންގެ ޢަމަލުތައް ހުރިގޮތުން އެ ފަސިންޖަރުންނާއި މެދު ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެތެރޭގައި ދެ ފަސިންޖަރުންގެ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައި ހުއްޓާ ވަނީ ފެނިފައެވެ.
ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރިއިރު، މަސްތުވާތަކެތީގެ ދެ ބާވަތެއް ކަމަށްވާ ހެރޮއިން (Heroin – 0.32 kg) އަދި މެފެޑްރޯން(Mephedrone – 2.1 kg) އަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2.4 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަން 5.5 މިލިއަން ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި މައްސަލައިގައި ޝާމިލްވާ 2 ފަސިންޖަރުން މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ޙަވާލުކުރެވިފައެވެ.
ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ