ކޯލިޝަން މަޝްވަރާއަށް ރައީސް ޞާލިހު ގާސިމް އަރިހަށް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި ބައްދަލުކުރައްވަން ސަންއައިލެންޑަށް ވަޑައިގެންފިއެވެ.
ރައީސް ޞާލިހު ޤާސިމާއި އެކު ބާއްވާ މި ބައްދަލުވުމަށް ރައީސް ޞާލިހު ގެ އިތުރުން ގުޅިފައިވާ ކޯލިޝަންގެ ލީޑަރުންކަމުގައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله އަދި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް ވެސް ވަނީ ވަޑައިގެންފައެވެ.
ކޯލިޝަން މަޝްވަރާތަކަށް ސަންއައިލެންޑަށް ވަޑައިގެންނެވުމަށްޓަކައި ރައީސްގެ ޓީމުން މާމިގިއްޔަށް ވަޑައިގެންނެވުމުން މާމިގިލީ އެއަރޕޯޓުން އެބޭފުޅުންނަށް މަރުހަބާ ދެންނެވީ ޤާސިމެވެ. 
Advertisement
ރައީސް ޞާލިހު ޤާސިމާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، އިއްޔެ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ވަނީ ސަން އައިލެންޑުގައި ޤާސިމާއި ބައްދަލުކުރައްވާފައެވެ.
ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތީ 5460 ވޯޓެވެ. އެއީ 2.4 އިންސައްތައެވެ.
އަދި ރައީސް ޞާލިހަށް 84،164 ލިބިވަޑައިގެންނެވި އިރު އިދުކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު 15,000 ވޯޓުގެ ފަރަގާއި އެކު އެއް ލައްކައަށްވުރެ ގިނަ ވޯޓު ހޯއްދެވިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހު 30 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ