ރައީސްއަށް ވޯޓް ދޭން ފައިސާ ދީފައި ހުވާ ކުރުވަން މަޝްވަރާކޮށްފި

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހު ދިޔައީ ދެވަނަ އަށެވެ. އެއް ވަނައަށް ދިޔައީ ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އިބްރާހިމް ސޯލިހަށް ވޯޓް ދިނުމަށް ފައިސާ ދީފައި ހުވާ ކުރުވަން އެ ޕާޓީއަށް ނިސްބަތްވާ ބަޔަކު މަޝްވަރާކޮށްފި އެވެ. 
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސޯލިހަށް ވޯޓް ހޯދަން އެދޭ އިރު ފައިސާ ދިނުމަށްފަހު އެމަނިކުފާނަށް ވޯޓް ދޭނެ ކަމަށް މާތްﷲ ގަންދީ ހުވާ ކުރުވަން ނިންމީ އެ ޕާޓީގެ މެންބަރުންތަކެކެވެ. އެ މަޝްވަރާތަކުގެ ވީޑިއޯއެއް ވެސް މިއަދު ވަނީ އާއްމު ވެފައެވެ.އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެއީ އެމްޑީޕީއަށް ނިސްބަތްވާ ވޭމަންޑޫ މެންބަރުންތަކެކެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހު ދިޔައީ ދެވަނަ އަށެވެ. އެއް ވަނައަށް ދިޔައީ ޑރ. މުހައްމަދު މުއިއްޒެވެ. އެ ދެ ބޭފުޅުންނާއި ދެވަނަ ބުރުގެ ބޯޓް ނަގާނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ