މަންމާފުޅު އަވަހާރަވިތާ މާ ގިނައިރު ނުވެ ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ޗިޓެއް ފޮނުވައިފި

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ މަންމާފުޅު އަވަހާރަވީތާ މާގިނައިރުތަކެއް ނުވެ ކްރިމިނަލް ކޯޓުން ރައީސް ޔާމީންގެ މައްސަލަ ތާވަލްކޮށް އެމަނިކުފާނަށް ޗިޓެއް ފޮނުވައިފިއެވެ.
ރައީސް ޔާމީންގެ މަންމާފުޅު އަވަހާރަވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭގެ ހަތަރު ވަރަކަށް ގަޑިއިރުފަހުން މިއަދ މެންދުރު ފަހު 1:00 ހާއިރު ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރާ ރ.ފުއްގިރި މައްސަލަ ބުދަ ދުވަހަށް ތާވަލްކޮށް އެމައްސަލައިގެ އަޑުއެހުމަށް ހާޒިރުވުމަށް އެމަނިކުފާނަށް ޗިޓް ފޮނުވާފައެވެ.
ރައީސް ޔާމީންގެ މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގަންނަވަން ޖެހޭކަމަށާއި އެމަނިކުފާނަށް އެ ފުރުސަތު ހޯދައި ދިނުމަށް ގިނަ ފަރާތްތަކަކުން ވަނީ ގޮވާލާފައެވެ.
ގިނަ ފަރާތްތަކަކުން މިފަދައިން ގޮވާލާފައިވާއިރު ވޭތުވެދިޔަ ދުވަސްތަކުގައި، ކުރީގެ ރައީސް އަބްދުﷲ ރައީސް ޔާމީން އެންމެ ބޭނުންފުޅުވެވަޑައިގެންނެވީ ޖަލު ހުކުމުން މިންޖުވެވެޑައިގެން އެމަނިކުފާނުގެ މަންމާފުޅުގެ އަރިހަށް ޒިޔާރާތްކޮށް ބައްދަލުކޮށްލެވޭނެ ގޮތް މެދުވެރިވުން ކަމަށާއި ނަމަވެސް އެ ފުރުސަރު ނުލިބުނު ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ